ދިވެހިރާއްޖެ
އިޢުލާން
ނ. މާޅެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއިން ރަށުގައި ތަރައްޤީކުރާ ބާބެކިއު ހަޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލުގެ ނަމްބަރ (IUL)287/287/2025/37 (26އޮކްޓޯބަރު 2025 ) އިޢްލާނާއި ގުޅިގެން، ނ. މާޅެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއިން ރަށުގައި ތަރައްޤީކުރާ ބާބެކިއު ހަޓް ހެދުމުގެ މަސައްކަތް ކުރުމަށް އެއްވެސް ފަރާތަކުން ފުރިހަމަ ރަޖިސްޓްރޭޝަންއެއް ހުށަހަޅުއްވާފައި ނުވާތީ، އެ އިޢްލާނު ބާޠިލްކޮށް، ނ. މާޅެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއިން ރަށުގައި ތަރައްޤީކުރާ ބާބެކިއު ހަޓް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއްލާނުކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 30 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 05 ނޮވެމްބަރު 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯރމް ފުރުއްވުމަށްފަހު މި ކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 ނޮވެމްބަރު 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 09 ނޮވެމްބަރު 2025 ވާ އާދިއްތަ ދުވަހު މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560026 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.