މުބާރާތް
ނަންބަރު: (IUL)309-AHI/309/2025/112
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 25 ނޮވެންބަރު 2025 12:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިނގުރައިދޫ ކައުންސިލްގެ މަސްރޭސް 2025 އާއި ގުޅޭ

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ " އިނގުރައިދޫ ކައުންސިލްގެ މަސްރޭސް 2025" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މިކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން މިއަހަރުވެސް މަސްވެރިންގެ ދުވަސް ރަށުފެންވަރުގައި ފާހަގަކުރުމަށްޓަކައި، ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުވާލައިގެން މަސްބޭނުމުގެ މުބާރާތެއް (މަސްރޭހެއް) ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 28 ނޮވެންބަރު 2025 ވާ ހުކުރު ދުވަހުއެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އިނގުރައިދޫގައި ދިރިއުޅޭ ދެ ޖިންސުގެ 18 އަހަރުން މަތީގެ ޢުމުރު ފުރާގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެންނެވެ. މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް މި އިޢުލާނާއި އެކުގައިވާ ޤަވާއިދުގައި ވާނެއެވެ.

ވީމާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "އިނގުރައިދޫ ކައުންސިލްގެ މަސްރޭސް 2025" ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު 25 ނޮވެންބަރު 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމް މެއިލްކުރައްވާނަމަ ކުރައްވާނީ [email protected]  އަށެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް އަދި ޤަވާއިދު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

އިިތުރު މަޢުލޫމާތު ހޯއްދެވުމަށް 7600280 ނަންބަރާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

30 އޮކްޓޫބަރު 2025