ކުއްޔަށް ހިފުން
                	
                ނަންބަރު: 146-A3/2015/214
                    ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2015
                    ޕަބްލިޝްކުރި ގަޑި:  16:18
                                            ސުންގަޑި: 
                            08 ނޮވެންބަރު 2015 11:00
                        
                    
                ފެމިލީ ކޯޓް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ފެމިލީ ކޯޓުގެ މީޑިއޭޝަން ހިންގުމަށް އެޕާރޓްމަންޓެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
                                ފެމިލީ ކޯޓުގެ މީޑިއޭޝަން ހިންގުމަށްޓަކައި 3 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު ނަންބަރު146-A3/2015/199 (ތާރީޚު:20 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރަން އެއްވެސް ފަރާތަކުން ޙާޟިރުވެފައިނުވާތީ، އެއިޢުލާން ބާތިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ނޮވެންބަރު 8 ވަނަ ދުވަހުގެ 11:00 އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2015 ނޮވެންބަރު 12 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީކޯޓުގެ (ޖަސްޓިސް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) ކޮންފަރެންސް ރޫމަށެވެ.
16 މުޙައްރަމް 1437
                29 އޮކްޓޫބަރު 2015