ދިވެހިރާއްޖެ
ތ.ވިލުފުށީ ބަނދަރުމަތީގައި ދަތުރުވެރިންނަށް ޚާއްޞަކޮށްގެ ހެދުމަށް ހަމަޖެހިފައިވާ ބަނދަރު ހަޓުގެ ކޮންކްރީޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 ނޮވެންބަރު 06 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30 ގެ ކުރިން https://forms.gle/o7p8PW2ps99zPuuEA މި ލިންކު މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ. ފައިސާ މިއިދާރާގެ އެކައުންޓަށް ޓްރާންސްފަރ ކުރުމަށްފަހު ޓްރާންސްފަރ ސްލިޕް ގޫގަލް ފޯމަށް އެޓޭޗްކޮށްދެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ.
|
ރަޖިސްޓްރީވުމުގެ ސުންގަޑި |
އަންދާސީ ހިސާބު ހުށަހެޅުން |
|
06 ނޮވެމްބަރ 2025 13:30 (އޮންލައިންކޮށް) |
13 ނޮވެމްބަރ 2025 13:30 ކައުންސިލްގެ އިދާރާގައި |
މި ބީލަމުގައި ބައިވެރިވުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.