ދެންނެވުން
ނަންބަރު: (IUL)222-DSA/222/2025/7
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 08:25
ސުންގަޑި:
03 ނޮވެންބަރު 2025 00:00
ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނަޞްރުގެ ދުވަހާ ގުޅިގެން އަންނަ ބަންދު ދުވަސްތަކުގައި އުތީމުގަނޑުވަރު ހުޅުވުމާ ގުޅޭ
ހއ.އުތީމު ގަނޑުވަރަކީ، ސްކޫލު ބަންދުގެ އިތުރުން އެކިއެކި މުނާސަބަތުތަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި ވެސް ގިނަ ފަރާތްތަކަކުން ޒިޔާރަތްކޮށް، ބަލާލަން ބޭނުންވާ ދިވެހީންގެ މުހިންމު ތަރިކައެކެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ނަޞްރުގެ ދުވަހާ ގުޅިގެން ބަންދުވާ ދުވަސްތަކުގައި ތިރީގައި މިދަންނަވާ ގޮތުގެމަތިން އުތީމުގަނޑުވަރު ހުޅުވައި ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.
02 ނޮވެންބަރު 2025
- ހުޅުވިފައި ހުންނާނީ؛ ހެނދުނު 8:00 ން މެންދުރު 14:00އަށް
- ޓިކެޓް ވިއްކުން؛ ހެނދުނު 8:15 ން މެންދުރު 13:30އަށް
ވީމާ، އުތީމުގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި މިކަން އިޢުލާން ކުރަމެވެ.
30 އޮކްޓޫބަރު 2025