ކުއްޔަށް ދިނުން
ނަންބަރު: (IUL)138-AS6/1/2015/324
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި:
12 ނޮވެންބަރު 2015 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލެ ހުޅަނގު ހާބަރު ސަރަޙައްދުންނާއި އަލިމަސްއުފާ ކާނިވާ ސަރަޙައްދުން ކެފޭ ރެސްޓޯރަންޓް ހިންގުމަށް، މިނިސްޓްރީގެ ފަރާތުން ކުއްޔަށް ދޫކުރުމާބެހޭ.
މާލެ ހުޅަނގު ހާބަރު ސަރަޙައްދުންނާއި އަލިމަސްއުފާ ކާނިވާ ސަރަޙައްދުން ކެފޭ ރެސްޓޯރަންޓް ހިންގުމަށް، މިނިސްޓްރީގެ ފަރާތުން ކުއްޔަށްދިނުމަށް ހަމަޖެހިފައިވާ، ތިރީގައި ބަޔާންކުރާ ތަންތަނަށް އެދި އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތައް، 5 ނޮވެންބަރު 2015 އިން ފެށިގެން 12 ނޮވެންބަރު 2015 ގެ ނިޔަލަށް ފުރުޞަތު ހުޅުވިފައިވެއެވެ.
- ހާބަރ ކަޑަ ނަންބަރު 1
- ހާބަރ ކަޑަ ނަންބަރު 5
- ހާބަރ ކަޑަ ނަންބަރު 12
- ހާބަރ ކަޑަ ނަންބަރު 35
- ހާބަރ ކަޑަ ނަންބަރު 38
- އަލި މަސްއުފާ ކާނިވާ ސަރަޙައްދު ނަންބަރު 31
- އަލި މަސްއުފާ ކާނިވާ ސަރަޙައްދު ނަންބަރު 34
- އަލި މަސްއުފާ ކާނިވާ ސަރަޙައްދު ނަންބަރު 39
ވީމާ، މި ތަންތަނަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބް ސައިޓުން 5 ނޮވެންބަރު 2015 އިން ފެށިގެން ލިބެންހުންނާނެއެވެ.
14 މުޙައްރަމް 1437
27 އޮކްޓޫބަރު 2015