ދެންނެވުން
ނަންބަރު: 2025/08
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 17:13
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
01 ނޮވެންބަރު 2025 ން ފެށިގެން ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ހަމަޖެއްސުމުގައި ޢަމަލުކުރާނެގޮތްތަކާ ގުޅޭ

ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ދައުލަތުގެ އައު ޕޭ ފްރޭމްވަރކަށް ބަދަލުވެފައިނުވާ ދާއިމީ މުވައްޒަފުން، 01 ނޮވެންބަރު 2025 ން ފެށިގެން ދައުލަތުގެ އައު ޕޭ ފްރޭމްވަރކަށް ބަދަލުކުރުމަށް ނިންމެވުމާ ގުޅިގެން، މި ކޮމިޝަނުން ވަޒީފާއާ ގުޅޭ މަސައްކަތްކުރުމަށް ބޭނުންކުރާ ސޮފްޓްވެއަރ "ސީއެސްވިއުގަ" އަދާހަމަކުރުމާއި، މި ކަމާ ގުޅޭ އުޞޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްގެންދާތީ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ހަމަޖެއްސުމުގައި އަދި ކުރިއެރުންދިނުމުގައި، މި ކޮމިޝަނުން އެހެންގޮތަކަށް އަންގަންދެން، ތިރީގައިވާ ލިންކުގައިވާ މިންގަނޑާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ.

އަދި، މި ކަމާ ގުޅޭގޮތުން އިދާރާތަކުން ސަމާލުކަންދޭންޖެހޭ ކަންތައްތައް މި މިންގަނޑަށް އަދާހަމަކުރަމުންދާނެތީ، މި މިންގަނޑު ތިރީގައިވާ ލިންކުން ބެއްލެވުމަށް ސަމާލުކަންދެއްވުމަށް ވެސް ދެންނެވީމެވެ.

https://www.csc.gov.mv/Policy/Index/103

29 އޮކްޓޫބަރު 2025