ދެންނެވުން
ނަންބަރު: (IUL)365-MIM/365/2025/118
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި:
20 ނޮވެންބަރު 2025 14:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަގުތަކާއި ގޯޅިތައް ސާފުކޮށް ބެލެހެއްޓުމާއި މަގުމައްޗަށް ހުންނަ ގަސްތައް ކޮށުން
އިޢުލާން
މަގުތަކާއި ގޯޅިތައް ސާފުކޮށް ބެލެހެއްޓުމާއި މަގުމައްޗަށް ހުންނަ ގަސްތައް ކޮށުން
ބައެއް ފަރާތްތަކުން ގޯތި ތެރޭގައި ހައްދާފައިވާ ރުއްގަހުން ގޮތްޕާއި ފަން ތިރިވެފައި ހުރުމާއި، އެކި ފަރާތްތަކުން މަގުމަތީގައި ބަހައްޓާފައިވާ ތަކެތީގެ ސަބަބުންނާއި މަގު ފާރުކައިރީގައި ގަސްހައްދާފައިވުމުން މަގު ބޭނުންކުރާ ފަރާތްތަކަށާއި ދުއްވާ އެއްޗިއްސަށް އުނދަގޫތައް އަންނަނީ ކުރިމަތިވަމުންނެވެ.
މިގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތި އަދި މަގަށްވާގޮތަށް ހުރި ރުއްގަހުން މަގަށް ނުކުމެފައިވާބައި ދުއްވާ އެއްޗިއްސަށް އުނދަގޫނުވާނެހެން 15 ފޫޓުގެ އުސްމިނަށް، 20 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން ކޮށުމަށް ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
29 އޮކްޓޫބަރު 2025