ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2025/99
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 06 ނޮވެންބަރު 2025 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަނާޒާކޯސް – ޖަމާޢަތްތެރިން ތަމްރީން ކުރުން.

ޖަނާޒާތަކުގައި ކަށުކަމާކެމީގެ ކަންކަން ކުރުމަށް މި ރަށުގައި ޖަމާޢައްތެރިން އުފެއްދުމަށް ,ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން ޖަމާޢަތްތެރިން ތަމްރީން ކުރުމަށް ޖަނާޒާކޯހެއް 2025 ނޮވެމްބަރު 15 އިން 2025 ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުން މަތީގެ ދެޖިންސްގެ ބޭފުޅުންނަށެވެ.

 

މި ކޯހަކީ އެކުލަވާފައިވާ ވަކި މިންގަނޑެއްގެ ތެރެއިން، މި ކަމަށް ޤާބިލް އުސްތާޛެއްގެ އިރުޝާދުގެ ދަށުން، ކަނޑައެޅިފައިވާ ވަކި އަދަކަށް ގަޑިހަމަކޮށް، ކުލާހަށް ހާޒިރުވެގެން ކުރިޔަށް ގެންދާ ތިއަރީ ޝެޝަންތަކާއި، އަމަލީ ޓްރޭނިންގ ޝެޝަންތަކެއް ނަގައިދިނުމަށް ފަހު އިމްތިޙާނު ދެވިގެން ކުރިއަށް ގެންދެވޭ ކޯހެކެވެ. އަދި މިކޯސް ފުރިހަމަ ކުރައްވާ ބައިވެރިންނަށް، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ދެއްވާ ޙާއްޞަ ސަނަދަކާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވާ ހާއްޞަ ހުއްދައިގެ ދަށުން ރަށްރަށުގައި ނިޔާވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. އަދި ހަމަ އެހެންމެ، މިކޯހަކީ މުޅިން ހިލޭ ކުރިއަށް ގެންދާ ކޯހެއްކަމުން ބައިވެރިން އެއްވެސް ފީ އެއް ދައްކާކަށް ނުޖެހޭނެއެވެ.

 

             އެހެންކަމުން މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ނޮވެމްބަރ 6 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކޯހުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ.   

 

ގޫގުލް ފޯމްގެ ލިންކް: https://forms.gle/MgF9JNMUexKPf8n59

          ވީމާ، މިކަން އާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. 

29 އޮކްޓޫބަރު 2025