ދެންނެވުން
ނަންބަރު: (IUL)257/257/2025/98
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 31 އޮކްޓޫބަރު 2025 18:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްތަރި ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

              ހއ. އިހަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ހއ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން 2025 ނޮވެންބަރު 27 އިން 29 ހއ. އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްތަރި ޤުރުއާން މުބާރާތުގައި، ބައިވެރިވާން ބޭނުންފުޅުވެލައްވާ ބާރަށުގެ ރައްޔިތުންނަށް ފުރުސަތު ހުޅުވާލަމެވެ. 10 ބައިވެރިންނަށްވުރެ އިތުރަށް މިރަށުން ބައިވެރިވާން އެދިފައިވާނަމަ، މުބާރާތުގައި ބައިވެރިވާ، ބައިވެރިން ކަނޑައަޅާނީ އޮޑިޝަން ބޭއްވުމަށް ފަހުއެވެ. މި މުބާރާތަކީ 3 ރައުންޑަށް ކުރިއަށް ގެންދާ މުބާރާތެއްކަމުން ބައިވެރިވާން އެދޭ ފަރާތަކީ މުޞްޙަފްގެ 29 ވަނަ ފޮތް ހިތުދަސް ފަރާތަކަށް ވާންވާނެއެވެ. އޮޑިޝަން ބާއްވަން ޖެހޭ ހާލަތުގައި އޮޑިޝަން އޮންނާނީ 2025 ނޮވެންބަރު 06 ގައެވެ.

              ވީމާ، މި މުބާރާތުގައި ބާރަށް ތަމްސީލު ކުރުމަށް ބޭނުންފުޅުވެލައްވާ ފާރަތްތަކުން ތިރީގައިވާ މައިކްރޯ ސޮފްޓް އޮފީސް ލިންކް 2025 އޮކްޓޫބަރު 31 ގެ 18:00 ގެ ކުރިން ފުރިހަމަކޮށްދެއްވުންއެދެމެވެ. މުބާރާތުގެ ޤަވާއިދު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.                     

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް: https://forms.office.com/r/18ENhJNCrW?origin=lprLink

29 އޮކްޓޫބަރު 2025