މަސައްކަތް
ނަންބަރު: TCL/PROC-TA/2015/030
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 09 ނޮވެންބަރު 2015 15:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށި މެރިން އިންފްރާސްޓްރަކްޗަރ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް 2015 - ކެޕިން

ކ. ތިލަފުށި މެރިން އިންފްރާސްޓްރަކްޗަރ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް 2015ގެ ދަށުން ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • ޓީ-ޖެޓީގެ ޝީޓްޕައިލް ކުރެވިފައިވާ ސަރަޙައްދުގެ މިވަގުތު ކެޕިން ނުލެވިހުރި ސަރަޙައްދުގައި ކެޕިން ލުން.

ވީމާ، މެރިން އިންފްރާސްޓްރަކްޗަރ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް 2015 ގެ ދަށުން މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަންފޮތް ބޭނުންވާ ފަރާތްތައް ނޯޓްކުރުން

ޓީސީއެލް ހެޑްއޮފީސް

04 ދުވަސް (ރަސްމީ)

04 ނޮވެންބަރު 2015 އިން 9 ނޮވެންބަރު 2015 އަށް

09:00 އިން 15:00

ބީލަންފޮތް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

އަންގާރަ

10 ނޮވެންބަރު 2015

10:00 އިން ފެށިގެން

ޕްރީ ބިޑް މީޓިންގ އަދި ސައިޓު ބެލުން

ޓީސީއެލް ހެޑްއޮފީސް

އަންގާރަ

17 ނޮވެންބަރު 2015

10:30 ގައި

ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

ހޯމަ

23 ނޮވެންބަރު 2015

10:30 ގައި

  • ބިޑް ސެކިއުރިޓީގެ ގޮތުގައި -/1,500 ރުފިޔާ (ފަސްހާސް ރުފިޔާ) ބަހައްޓަން ޖެހޭނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ 90 ދުވަހެވެ.
  • ބިޑް ކާމިޔާބު ކުރައްވާ ފަރާތުން ބޭންކް ގެރެންޓީއެއް ހުށަހެޅުމުން އެޑްވާންސް ފައިސާގެ ގޮތުގައި މަސައްކަތުގެ އަގުގެ % 15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނުވާގޮތަށް އެޑްވާންސް ފައިސާ ހަމަޖައްސައިދެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:

  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯޒަލެވެ.
  • ހުށަހަޅައިފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބައްލަވައިގަންނަ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު ބީލަންފޮތުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

20 މުޙައްރަމް 1437

02 ނޮވެންބަރު 2015