ނީލަން
ނަންބަރު: IL/2025/12877
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 09:52
ސުންގަޑި:
10 ނޮވެންބަރު 2025 14:30
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން
މިއޮތޯރިޓީގެ ރަޖިސްޓްރީ ނަމްބަރު B1A6034 ނިސާން ބުރޭންޑްގެ ކާރު، ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މި ކާރުގެ އިތުރު ތަފްޞީލާއި ނީލަމުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.
- ރަޖިސްޓްރީ ނަމްބަރު: B1A6034
- މޮޑެލްނަމްބަރު : N16
- ޗެސިސް ނަމްބަރު: JN1BEAN16Z0000881
- އިންޖީނު ނަމްބަރު: QG13-391825
- އިންޖީނު ކެޕޭސިޓީ: 1295.000
- އުފުލޭ މީހުންގެ އަދަދު: 4
- ކުލަ: އަޅި
- ރާއްޖެއެތެރެކޮށް ރަޖިސްޓްރީކުރި ތާރީޚް: 15/06/2011
- މައިލޭޖު: 15980 ކިލޯމީޓަރ
- މިނީލަން ކުރިއަށްގެންދާނީ ސިޓީލާ ނީލަމުގެއުސޫލުން، ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ މުއްދަތަށް، ކޮންމެދުވަހަކު ހުށަހަޅާ އެންމެމަތީއަގު އާއްމުކޮށް ފެންނާނެހެން މި އޮތޯރިޓީގެ ގްރައުންޑް ފްލޯރ ކައުންޓަރުގައި ބަހައްޓައި ޖެހިގެންއަންނަ ދުވަހު އަގުމަތިކޮށް ހުށައަޅަން ބޭނުންފުޅުވާ ފަރާތްތަކަށް އަގުހުށަހެޅޭގޮތަށެވެ. އަގު ހުށަހަޅާ ސިޓީގައި، ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރު އެނގެން އޮންނަންވާނެއެވެ.
- ނީލަން ފަށާއަގު: 80,000.00 (އަށްޑިހަ ހާސް) ރުފިޔާ
- ނީލަން ކުރިއަށްގެންދާ ތަން: މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
- ނީލަން ކާމިޔާބު ކުރައްވާ ފަރާތުން، ސަރުކާރު ބަންދު ނޫން 15 (ފަނަރަ) ދުވަސްތެރޭގައި ފައިސާ ދެއްކެވުމަށްފަހު، ނީލަން ކާމިޔާބު ކުރައްވާ ފަރާތުގެ ނަމަށް ކާރުގެ ރަޖިސްޓްރީ ބަދަލުކުރުމަށްފަހު ކާރު ގެންދަވަން ވާނެއެވެ.
- މި ނީލަމާބެހޭ އިތުރުމައުލޫމާތު މިއޮތޯރިޓީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
|
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
|
އަގުހުށަހަޅަންވާނީ އުރައެއްގައި ބަންދު ކޮށްފައިވާ ސީޓީއަކުން |
04 ނޮވެންބަރު 2025 އިން 10 ނޮވެންބަރު 2025 އަށް |
ނީލަމުގެ މުއްދަތު ސަރުކާރު ބަންދު ނޫން 5 ދުވަސް |
8:30 އިން 14:30 އަށް |
|
ކާރު ބެލުމުގެ ފުރުސަތު |
04 ނޮވެންބަރު 2025 އިން 06 ނޮވެންބަރު 2025 އަށް |
3 ދުވަސް |
10:30 އިން 11:30 އަށް |
ވީމާ، މިނީލަމާބެހޭ މަޢުލޫމާތު އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
29 އޮކްޓޫބަރު 2025