ދިވެހިރާއްޖެ
މ.މުލަކު ކައުންސިލުގެ ބެލުމުގައި ދަށުގައިވާ މާރަނގަ ގެސްޓްހައުސްގެ ވަށާފާރުގެ ފައުންޑޭޝަނާއި އަދި ކީ-ވޯލް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 އޮކްޓޯބަރ 30 ވަނަ ދުވަހުގެ 13:00ގައި މިއިދާރާއަށް ދުރުވެ ކޮޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނު ނަންބަރު : 18/2014 އަދި 19/2014ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތަށް ހުށަހަޅާ ކޯޓޭޝަންނާއި އެކު މުއްދަތު ހަމަނުވާ ވިޔަފާރި ރަޖިސްޓްރީ ނުވަތަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ވިޔަފާރި އިންފޮމޭޝަން ޝީޓްގެ ކޮޕީ އެއް ހީރާސްކުރަންވާނެއެވެ.
މި އިޢުލާނާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާސް އަދި ކުރެހުންތައް މިއިޢުލާނާއި އެކު ހީރާސްކުރެވިފައިވާނެއެވެ.
މިމަސައްކަތުގެ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
މުލަކަތޮޅު މުލަކުކައުންސިލް އިދާރާ
މ. މުލައް
ފޯން: 9737693 / 6723711
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.