މަސައްކަތް
ނަންބަރު: (IUL)492-PS/492/2025/165
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 17:03
ސުންގަޑި: 10 ނޮވެންބަރު 2025 10:30
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
އެގްރިކަލްޗަރ ޑާޓާ އެޕްލިކޭޝަން ހެދުމަށް ބޭނުންވާ ފަރާތެއް ހޯދުމުގެ މަސައްކަތް

މި މިނިސްޓްރީއިން ދަނޑުވެރިކަމާ ގުޅޭ ޑާޓާ އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު (IUL)492-PS/492/2025/149 ނަންބަރު އިޢުލާނާއި ގުޅިގެން މަސައްކަތުގެ ސްކޯޕަށް ބަދަލު އައިސްފައިވާތީ މި މަސައްކަތަށް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 10 ނޮވެމްބަރ 2025ވާ ހޯމަ ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ސްޓަރ ކްލައުޑްސް ބިލްޑިންގ 5 ވަނަ ފަންގިފިލާ، މަޖީދީމަގު، މާލެ) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:30 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3309333 އަދި 3309331 ނަންބަރު ފޯނަށެވެ.

28 އޮކްޓޫބަރު 2025