ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ދަށުން އަރިއަދޫގައި ހިންގުމަށް ހަމަޖެހިފައިވާ "އެގްރިކަލްޗަރަލް ފީސިބިލިޓީ އެސެސްމަންޓް އެންޑް ޑިވެލޮޕްމަންޓް ޕްލޭނިންގ އޮފް އަ ކޮކޮނަޓް ރިހެބިލިޓޭޝަން ފާމް" ޕްރޮޖެކްޓަށް ބޭނުންވާ ކޮންސަލްޓެންޓެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 10 ނޮވެމްބަރ 2025ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ސްޓަރ ކްލައުޑްސް ބިލްޑިންގ 5 ވަނަ ފަންގިފިލާ، މަޖީދީމަގު) ވަޑައިގެންދެއްވުން އެދެމެވެ .
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3309333 އަދި 3309331 ނަންބަރު ފޯނަށެވެ.