ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177-A1/1/2025/101
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި: 15 ޑިސެންބަރު 2025 00:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
24 ވަނަ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް (އައި.އެފް.އެފް) ސައިޕްރަސް ފިލްމް ޑޭޒް ގައި ބައިވެރިވުމުގެ ފުރުޞަތު

ސައިންޕްރަސްގެ ޑެޕިއުޓީ މިނިސްޓްރީ އޮފް ކަލްޗަރ އާއި އަދި ރިއާލްޓޯ ތިއޭޓަރ ގުޅިގެން އިންތިޒާމްކޮށްގެން އެ ޤައުމުގެ ނިއުކޯސިއާ އާއި އެލިމަސޮލް ގައި އަންނަ އަހަރުގެ އޭޕްރީލް މަހުގެ 17 އިން 25 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 24 ވަނަ "އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް (އައި.އެފް.އެފް) ސައިޕްރަސް ފިލްމް ޑޭޒް" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ދެއްވާފައެވެ. މި ފިލްމް ފެސްޓިވަލްގެ މަޤްސަދަކީ ސައިޕްރަސްގެ ފިލްމުތަކުގެ އިތުރުން ބައިނަލްއަޤްވާމީ ފިލްމު އިންޑަސްޓްރީގެ ފަންނުވެރިންނާއި ބެލުންތެރިން ޝައުޤުވެރިކުރުވައި، އަވަށްޓެރި ތިން ބައްރުގެ މީޓިންގ ހަބަކަށް ސައިޕްރަސް ހެދުމެވެ.

ވީމާ، މި ފެސްޓިވަލްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ޑިސެމްބަރު 2025 ވާ ހޯމަ ދުވަހުގެ ކުރިން (www.filmfreeway.com/cyprusfilmdays) ލިންކް އަށް އެންޓްރީ ހުށަހެޅުއްވުން އެދެމެވެ. އެކަން މިސެންޓަރުގެ މެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސެންޓަރުގެ ނަންބަރު 3336868 އާއި ގުޅުއްވުން އެދެމެވެ.

28 އޮކްޓޫބަރު 2025