ދިވެހިރާއްޖެ
މި މިނިސްޓްރީގެ ނަންބަރު (IUL)141-YDM/1/2015/309 ގެ އިޢުލާނުން 30ސެޕްޓެންބަރު 2015 އިން 25 އޮކްޓޫބަރު 2015ވަނަ ދުވަހުގެ 13:30އަށް " ޒުވާނުންގެ އެވޯޑް 2015 " އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ. ނަމަވެސް ވަރަށްގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން މުއްދަތު އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި އިނާމަށް ނަން ހުށަހަޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 5 ނޮވެންބަރު 2015 ވަނަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ މާލޭގައިނަމަ މާފަންނު ޔޫތު ސެންޓަރ (ސޯޝަލް ސެންޓަރ) އަދި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގެ 3ވަނަ ފަންގިފިލާ)ގެ ރިސެޕްޝަނަށެވެ. އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސް ތަކުގެ ހެނދުނު 8:30 އިން މެންދުރުފަހު 13:30 އަށެވެ. ރަށްރަށުން އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާނީ އެ ރަށްރަށުގެ ޔޫތުސެންޓަރ ނުވަތަ ރަށުކައުންސިލް މެދުވެރިކޮށެވެ. އަދި މިނިސްޓްރީގެ އީ މެއިލް[email protected] މެދުވެރިކޮށެވެ. އަދި މިތަންތަނުން އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިއަހަރު ޒުވާޏުންގެ އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:
1- ވިޔަފާރިއާއި އިޤްތިޞާދު
2- އާރޓް އެންޑް ކަލްޗަރ / އުފެއްދުންތެރިކަން
3- މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން
4- ކުށް މަދުކުރަން މަސައްކަތްކުރުން
5- ކުޅިވަރަށް ޚިދުމަތްކުރުން
6- ދަރުމަވެރިން
7- ވޮކޭޝަނަލް ޓްރެއިނިންގ- ދަސްކޮށްދިނުން
8- ދުންފަތުގެ އިސްތިޢުމާލާ ދެކޮޅަށް މަސައްކަތްކުރުން
9- ދުޅަހެޔޮ ޢާއިލާ ބިނާކުރުން
10- ޝަހީދު ޖަވާދު އުމަރު
14 މުޙައްރަމް 1437