ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2025/36
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 05 ނޮވެންބަރު 2025 14:00
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މާކެޓިންގ އެގްޒެކެޓިވް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                                        އިޢުލާން ނަންބަރު: ‭(IUL)VMC-HR/1/2025/36

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: މާކެޓިންގ އެގްޒެކެޓިވް

މުސާރަ (މަހަކު) : -/8,284 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,899 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/2,485 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ

ބޭނުންވާ އަދަދު: 3

1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވުން (ނުވަތަ)،

ށ.ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 (އެޑްވާންސް ސެޓްފިކެޓް) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)،

ނ. ޖީ.ސީ.އީ. އޯލެވެލް ފުރިހަމަކޮށް، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާ އަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

ހ.  ހަވާލުކުރެވިފައިވާ މާކެޓްތަކުގެ ޑެސްކް ރިސާރޗް ކުރިއަށް ގެންދިއުން، އެގޮތުން ކަމާބެހޭ އިދާރާތަކުން ލިބެންހުރި މަޢުލޫމާތާއި ތަފާސްހިސާބުތައް ދިރާސާކުރުމާއި އަދި ފަތުރުވެރިންގެ ދަތުރުފަތުރުގެ ޓްރެންޑްތަކާއި ޕެޓާންތަކާއި، ދަތުރުވެރިންގެ ޕްރޮފައިލްތައް، އުމުރުފުރާތައް، އާދަކާދަތައް، އެވްރެޖްކޮށް މަޑުކުރާ ރޭގެ އަދަދު، ޚަރަދުކުރުމުގެ ޤާބިލުކަން، ރޭންކިންގ، އަދި މިނޫންވެސް މިފަދަ މަޢުލޫމާތު ދިރާސާކުރުން.

ށ. ހަވާލުކުރެވިފައިވާ މާކެޓްތަކުގެ މަޢުލޫމާތު އެއްކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށްޓަކައި ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.

ނ. ޙަވާލުކުރެވިފައިވާ މާކެޓްތަކުގެ ކުއަންޓިޓޭޓިވް އަދި ކުއަލިޓޭޓިވް ރިސާރޗްތައް ޑިޒައިންކޮށް، ރޯ ޑޭޓާތައް އެއްކޮށް އެނަލައިޒްކުރުން.  

ރ. ޑެސްޓިނޭޝަންއާއި ވާދަވެރި އެހެން ގައުމުތަކުގެ ކޮމްޕެޓިޓިވް އެޑްވާންޓޭޖްތައް ދިރާސާކޮށް، އެގައުމުތަކާ އެއްހަމައެއްގައި މަސައްކަތްކުރެވޭނެ ސްޓްރެޓެޖީތަކާއި، އުކުޅުތައް ދަނެގަނެ ހުށަހެޅުން.

ބ. ހަވާލުކުރެވިފައިވާ މަކެޓްތަކުގެ ކަސްޓަމަރުންގެ މަޢުލޫމާތު ޑޭޓާބޭސްގައި ޤަވާއިދުން އަޕްޑޭޓްކޮށް ބަލަހައްޓަމުން ދިޔުން.

ޅ. އެއްކުރެވިފައިވާ މާކެޓް ޑޭޓާ ތައް ތަފާތު ރިސާރޗް މެތަޑޮލޮޖީސްތަކާއި، ޕްލެޓްފޯމްތައް ބޭނުންކޮށްގެން ތަޙްލީލުކުރުން.

ކ. ތަހުލީލުކުރެވޭ ޑޭޓާތަކުގެ ހޯދުންތައް ރިޕޯޓްތަކުގެ ސިފައިގައި ކުއާޓަރލީ، މަހުން މަހަށް، ހަފުތާއަކު އެއްފަހަރު، ނުވަތަ ދުވާލަކު އެއްފަހަރު ތައްޔާރުކޮށް ހުށަހެޅުން.

އ. ޙަވާލުކުރެވިފައިވާ މާކެޓްގެ އިންޓަރނަލް އަދި އެކްސްޓަރނަލް ވެންޑަރުންނާ މުޢާމަލާތްކޮށް ގުޅުން ދެމެހެއްޓުން.

ވ. ކަނޑައެޅިފައިވާ މާކެޓްތަކުން ލިބެންހުރި މާކެޓިންގ ފުރުޞަތުތަކާއި ޙަރަކާތްތައް ދެނެގަތުމަށް ބޭރުގެ ފަރާތްތަކާއެކު މަސައްކަތްކުރުން.

މ. ހަވާލުކުރެވިފައިވާ މާކެޓްތަކުގެ ރިސަރޗްތަކުން ލިބިފައިވާ މަޢުލޫމާތުތަކުގެ އަލީގައި އެމާކެޓްތަކުގައި ކެމްޕެއިންގ ހަރަކާތްތައް ރާވައި ކުރިއަށް ގެންދިއުން.

ފ. މާކެޓިންގ ކެމްޕޭނުތަކުގެ ނަތީޖާ ވަޒަންކުރުމަށްޓަކައި، ލަނޑުދަނޑިތަކާއި މިންގަނޑުތައް ކަނޑައަޅައި، އަދި ކުރިއަށް އޮތް ކެމްޕޭނުތަކުގައި ރަނގަޅުކުރަންވީ ކަނކަން ދަނެގަނެ ހައްލުތައް ހުށަހެޅުން.

ތ. ޑިޕާޓްމަންޓުގެ އަހަރީ ބަޖެޓާއި މާކެޓިން ހަރަކާތްތައް ރާވައި ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

ލ. ހަވާލުކުރެވިފައިވާ މާކެޓްތަކާ ގުޅުންހުރި ރޯޑްޝޯތަކާއި، ފެއަރތަކާއި، ކެމްޕެއިންތަކާއި، ފޭމް ޓްރިޕްތައް ރާވާ އިންތިޒާމް ކުރުން.

ގ. ހަވާލު ކުރެވޭ މާކެޓިންގ ހަރަކާތްތަކުގެ ކޮންސެޕްޓް ޕޭޕަރުތަކާއި، ސްކޯޕް ތައްޔާރުކުރުން.

ޏ. މާކެޓިންގ ހަރަކާތްތަކާއި، ސްޓެޓިސްޓިކަލް ޝީޓްތަކާއި، ކުއާޓަރީ ރިޕޯޓްތައް އަޕްޑޭޓްކުރުން.

ސ. ޑިޕާޓްމަންޓުގެ ކުއާޓަރީ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުން.

ޑ. ހަވާލުކުރެވިފައިވާ އިވެންޓްތަކަށް ބޭނުންވާ ޕްރޮމޯޝަނަލް މެޓީރިލްސް ހަމައަށްހުރިތޯ ބަލައި އެތަކެތީގެ އިންތިޒާމް ހަމަޖެއްސުން.

ޒ. ވެންޑަރުންނާ ވާހަކަ ދައްކައިގެން ކަނޑައެޅިފައިވާ ބަޖެޓުގެ ތެރެއިން އިވެންޓްތައް ހިންގުމާ ގުޅޭ މަސައްކަތް ކުރުން.  

ޓ. މާކެޓިންގ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަމާގުޅުންހުރި ވެންޑަރުންނާއި، އެގްޒިބިޓަރުންނާއި، އަދި އިންޓަސްޓްރީ ޕާޓްނާސްޓަކާ ގުޅުން ދެމެހެއްޓުން.

ޔ. އިވެންޓްތަކާ ގުޅޭ ފީޑްބެކް ސާވޭތައް ކުރިއަށް ގެންގޮސް، ފީޑްބެކް އެނަލައިޒްކޮށް، ފައިންޑިންގސްތައް ސުޕަވައިޒަރަށް ހުށަހެޅުން.

ޕ. ކޯޕަރޭޝަނުން ޙަވާލުކުރެވޭ އެހެނިހެން ރަސްމީ މަސައްކަތްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ކުރިއަށްގެންދިއުން.

ޖ. ކޯޕަރޭޝަނުން ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން. 

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

05 ނޮވެމްބަރު 2025 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5. އިތުރު މަޢުލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 6. އެޑްރެސް ކުރައްވާނީ:

އިބްރާޙީމް ޝިޢުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

28 އޮކްޓޫބަރު 2025