ވަޒީފާގެ ފުރުޞަތު
ނަންބަރު: IL-KPL/2025/009
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 06 ނޮވެންބަރު 2025 13:00
ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ މެއިންޓެނަންސް އެސިސްޓެންޓްގެ މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

ނަންބަރ:IL-KPL/2025/009

ތާރީޚް:28 އޮކްޓޯބަރ 2025

މަޤާމް

މެއިންޓެނަންސް އެސިސްޓެންޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

-/4,400 ރ

އެހެނިހެން ޢިނާޔަތްތަށް:

- ލިވިންގް އެލަވަންސްގެ ގޮތުގައި މަހަކު -/4,200 ރުފިޔާ ލިބިލައްވާނެ.

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފި ނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

- ގުޅުންހުރި ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤަޢުމީ އޮނިގަނޑު ލެވެލް 01 ގެ ސަނަދެއް ޙާޟިލުކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކު ކަމުގައިވުން.

- ފުރިހަމަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1. ޑިޕާޓްމަންޓުން ދުވަހުން ދުވަހަށް ކުރަމުންގެންދާ މަސައްކަތްތައް ސްޕަވައިޒަރުގެ ނުވަތަ މަސައްކަތާއި ހަވާލުވެ ހުރި އެންމެ އިސްފަރާތެއްގެ އިރުޝާދާއި އެއްގޮތަށް ފަރުވާތެރިކަމާއި ރައްކާތެރިކަމާއި ކުރުން.
  2. ކުންފުނީގެ އިންފްރާސްޓްރަކްޗަރ އަދި އިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކުރިއަށްގެންދަންޖެހޭ ކޮންކްރީޓް ވޯރކްސް، ޕޭވިންގް ވޯރކްސް، ޕްލަމްބިންގ ވޯރކްސް، ކާޕެންޓްރީ ވޯރކްސް، މޭޝަނަރީ ވޯރކްސް، އެލުމިނަމް ވޯރކްސް އަދި ވެލްޑިންގ ވޯރކްސް ފަދަ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި އިސްކޮށް މަސައްކަތްކުރާ މުވައްޒަފުންނަށް އެހީތެރިވެ މަސައްކަތުގައި ބައިވެރިވުން.
  3. ކުންފުނީގެ ކީވޯލްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ ކޮންކްރީޓް އެޅުމާއި މަރާމާތުކުރުމާއި ޓަޔަރު އަދި ފެންޑަރުފަދަ ތަކެތި އެޅުވުމާއި ގުޅުންހުރި މަސައްކަތްތައް ކުރުން. (ކަނޑައިގެންގޮސްގެން މޫދަށްވެއްޓޭ ޓަޔަރު ނެގުން، ޓަޔަރު ތޮރުފުން، ޗޭނު ޖެހުން، ޓަޔަރު އެޅުވުން)
  4. ޑިޕާޓްމަންޓުން ކުރިއަށްގެންދާ ގްރައުންޑް ލެވެލިންގ މަސައްކަތްތަކަށް ބޭނުންވާ ސިމެންތި / ކޮންކްރީޓްގެށުން، ޕޭވް ކުރުމުގެ މަސައްކަތްތައް ކުރުން.
  5. އެދުވަހެއްގެ މަސައްކަތަށް ބޭނުންވާ މަސައްކަތުސާމާނު ހޯދައި، އެތަކެއްޗާއިއެކު މަސައްކަތް ސައިޓަށް، މަސައްކަތް ފެށުމަށް ހަމަޖައްސާފައިވާ ގަޑިއަށް ހާޒިރުވުން.
  6. އެދުވަހެއްގައި ކުރަން ހަވާލު ކުރެވުނު މަސައްކަތްކޮށް ނިމުމުން މަސައްކަތު ސާމާނު ރަނގަޅަށް ސާފުކޮށް  ހަވާލުކުރުން. އަދި މަސައްކަތައް ބޭނުންކުރި ތަކެތީގެ ބާކީ ހުރެއްޖެނަމަ އެ ތަކެތި ހަމަކޮށް ރައްކާކުރުން.
  7. މަސައްކަތު މާހައުލުގައި ހަށިގަނޑަށާއި، ތަކެއްޗަށް ފަތުވާތެރިވެ ކުންފުނީގެ ޤަވާޢިދުތަކާއި އެއްގޮތަށް ރައްކާތެރިކަމުގެ އާލާތް ބޭނުންކޮށްގެން މަސައްކަތް ކުރުން.
  8. ޑިޕާޓްމަންޓުން ކުރިއަށް ގެންދާ އެހެނިހެން މަރާމާތު މަސައްކަތަކުގައި އަމަލީގޮތުން ބައިވެރިވެ އެ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން.
  9. ޑިޕާޓްމަންޓުން ކުރިއަށްގެންދާ ލަކުޑިއާއި ގުޅުންހުރި ހުރިހައި މަރާމާތުގެ މަސައްކަތްތައް ކުރުމާއި، އަލަށް ތައްޔާރުކުރެވޭ ލަކުޑިއާއި ގުޅުންހުރި ތަންތަނުގެ އަދި ތަކެތީގެ މަސައްކަތްކުރުން (ޕާޓިޝަންގެ މަސައްކަތް، ސީލިންގެ މަސައްކަތް، ކުންފުނީގެ ބޭނުމަށްޓަކައި ހެދޭ އެއްމެހައި ފަރުނީޗަރުތައް ހެދުމާއި މަރާމާތުކުރުން، ދޮރާއި ދޮރުފަތުގެ މަސައްކަތް، ޑޯކްލޯސަރ، ތަޅު އަދި ހުޅު ފަދަތަކެތި ހަރުކުރުން) އަދި އިމާރާތްތަކުގެ ފުރާޅުގެ އޮނިގަނޑު ހެދުމާއި ހިޔާކުރުން، އަދި ބިއް ބެއްދުމަށް ޖަހަންޖެހޭ ފެންސް އަދި ޓިނުޖެހުމުގެ މަސައްކަތްކުރުން.
  10. މީގެ އިތުރުން އޮފީހުން އަންގާ ކޮންމެ ކަމެއް ފަރުވާތެރި ކަމާއިއެކު ކުރުން.

މަސައްކަތް ކުރަންޖެހޭ ތަން :

ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް / ހދ. ކުޅުދުއްފުށި

ސުންގަޑި:

06 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން.

އިންޓަރވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 12 ނޮވެމްބަރ 2025 އާއި 17 ނޮވެމްބަރ 2025 އާއި ދެމެދު، ކުޅުދުއްފުށީ ޕޯޓްގައި އެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް (މި މަޤާމަށް އެދި ހުށަހަޅާ ފޯމް މިއޮފީހުން ލިބިވަޑައިގަންނަވާނެއެވެ).

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއިއެކު)

އެޕްލިކޭޝަން ފޯމު ޑައުންލޯޑް ކުރެއްވުމަށް:

https://shorturl.at/gjnAM

ހުށަހަޅަންޖެހޭ އޮފީސް:

ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް / ހދ. ކުޅުދުއްފުށި

އިތުރު މަޢުލޫމާތު: 6528558

އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާނަމަ :

[email protected]

އީ-މެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ވަޒީފާއަށް އެދޭ ފޯމާއިއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި ހުށަހަޅުއްވާ ފަރާތުގެނަމާއި އައިޑީ ކާޑް ނަމްބަރު ހިމެނުމަށް ދެންނެވީމެވެ.

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަންތަކާއި ، އީ.މެއިލް ބާތިލްކުރެވޭނެ އެވެ.

28 އޮކްޓޫބަރު 2025