ދިވެހިރާއްޖެ
ތީމުގޭގެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިމެނޭ ސަރަހައްދުގެ އިރުމަތީ ފަރާތު އިންފާރުގެ މަތީގައި ފެންސެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު F/2025/15 ނޯޓިސްއާއި ގުޅިގެން އެއްވަސް ފަރާތަކުން ކުރިމަތި ލާފައި ނުވާތީ މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 29 އޮކްޓޯބަރ 2025 ވަނަދުވަހުގެ 13:00 ގައި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގައި އޮންނާނެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ނޮވެމްބަރ 04 ވަނަ ދުވަހުގެ 10:00 ގެ ކުރިން [email protected]އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ.
ކޯޓޭޝަން ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް ހާޒިރުވެ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.