ދިވެހިރާއްޖެ
ކުލީ ބިން ދޫކުރުމަށް މިއިދާރާއިން ކުރި ނަމްބަރ (IUL)304-EDS/304/2025/57 އިޢުލާނާއި ގުޅިގެން ކުލީބިމަށް އެދި ހުށައެޅި ފޯމްތައް މި ކައުންސިލުން އިވެލުއޭޓް ކުރުމަށްފަހު އެކަމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާފުޅަކަށް އެދި މި ކައުންސިލުން ފޮނުވި ސިޓީގައި ބަޔާން ކޮށްފައިވާ ފަދައިން މިއިދާރާގެ މާލީ ޒިންމާދާރުވެރިޔާގެ ލަފާގެ މަތިން، ހުށަހަޅާފައިވާ ބޮޑް ޑޮކިއުމެންޓް ތަކުގެ ތެރެއިން އެއްވެސް މައްސަލައެއްނެތް ބިޑް ޑޮކިއުމަންޓްތައް ހުށަހެޅި ފަރާތްތަކަށް ބިންދޫކުރާގޮތަށް 27 އޮކްޓޯބަރ 2025 ވަނަ ދުވަހު ބޭއްވި މި ކައުންސިލްގެ މަޝްވަރާ ބައްދަލުވުމުންވަނީ ނިންމާފައެވެ.
އެއް ބިމަކަށް އެއްފަރާތަކަށްވުރެ ގިނަ ފަރާތުން ޞައްޙަ ބިޑް ޑޮކިއުމަންޓް ހުށަހަޅާފައިވާނަމަ އެ ބިންދޫކުރެވޭނީ އެންމެ ބޮޑު ކުލި ހުށަހަޅާފައިވާ ފަރާތަށެއެވެ.
ބިންތައް ލިބޭ ފަރާތްތަކަށް ބިންތައް ދޫކުރުމަށް ކުރިއަށްގެންދަންޖެހޭ ދެވަނަ މަރުޙަލާ މިހާރު ކުރިއަށްދާތީވެ، މި މަރުޙަލާ ނިމުމުން ބިން ހަވާލު ކުރެވޭނެ ކަމުގައި ދެންނެވީމެއެވެ.