ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)255/255/2025/61
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި:
04 ނޮވެންބަރު 2025 14:00
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގޭބިސީތައް ރަޖިސްޓްރީ ކުރުމާއިގުޅޭ
ހއ.އުތީމުގައި މީހުންދިރިއުޅޭ ގެތަކުގެ ގޭބިސީތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިކައުންސިލުން ކުރަމުންދާތީ މި މަޢުލޫމާތު ހޯދުމަށް ބޭނުންވެއްޖެއެވެ. ގޭބިސީގެ ގޮތުގައި ބެލެވޭނީ ވަކިން ކައްކާ ކައިބޮއި ދިރިއުޅޭ ދިވެހި އާއިލާ ތަކަށެވެ. ބިދޭސީން ތިބޭ ގޭގެއާއި ފަޅުގެތައް ނުހިމެނޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިމަޢުލޫމާތު 04 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން އިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ. މިމަޢުލޫމާތު އޮންލައިން ފޯމު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
27 އޮކްޓޫބަރު 2025