ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2025/198
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:51
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީގެ އަތިރިމަތިން ވެލި ނެގުން އިތުރުވަމުންދާތީ އެކަން ހުއްޓާލުމަށް އެންގުން

އިޢުލާން

ތިނަދޫ ސިޓީގެ އަތިރިމަތިން ވެލި ނެގުން އިތުރުވަމުންދާތީ އެކަން ހުއްޓާލުމަށް އެންގުން

                ފާހަގަކުރެވިފައިވާ ގޮތުގައި، ތިނަދޫ ސިޓީގެ ހިތްގައިމު އަތިރިމަތިން އެކި ފަރާތްތަކުން ގަވާއިދާ ޚިލާފަށް ވެލި އަދި އަކިރި ނަގަމުންދެއެވެ. މިކަމުގެ ސަބަބުން ތިނަދޫ ސިޓީގެ އަތިރިމަތީގެ ރީތިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބި، ތިމާވެށީގެ ނިޒާމަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނާއި މިނޫންވެސް ގަވާއިދުތަކުގެ ދަށުން، ކަނޑައެޅިފައިވާ ހުއްދައެއް ނެތި އަތިރިމަތިން ވެލި، ގާ ނުވަތަ އަކިރި ނެގުމަކީ މަނާ ކަމެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ރަށުގެ އަތިރިމަތި ހަލާކުވެ، ގޮނޑުދޮށް ހިމެނޭ ސަރަހައްދުތަކަށް ދިގުދެމިގެންދާ ގެއްލުންތަކެއް ލިބެއެވެ.

ވީމާ، ތިނަދޫ ސިޓީގެ އަތިރިމަތިން ވެލި، ގާ އަދި އަކިރި ނެގުން ވަގުތުން ހުއްޓާލުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ. މިކަމަށް ސަމާލުކަން ނުދީ މިފަދަ އަމަލުތައް ކުރިއަށް ގެންދާ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ.

                  ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.    

27 އޮކްޓޫބަރު 2025