ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-PD/266/2025/256
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 27 ނޮވެންބަރު 2025 12:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީގައި ބިނާ ކުރުމަށް ހަމަޖެހިފައިވާ ރަށުގެ މޮނިއުމަންޓު ފަރުމާކުރުމާއި ގުޅޭ

ކުޅުދުއްފުށި ސިޓީ ރަމްޒްކޮށްދޭ ޚާއްސަ މޮނިއުމަންޓެއް ބިނާކުރުމަށް ވަނީ ނިންމާފައެވެ. މި މުހިންމު މަޝްރޫޢުގެ ތެރެއިން، ރަށުގެ ވަނަވަރާއި ފަޚުރުވެރި މާޒީ ރަމްޒުކޮށްދޭނެ މޮނިއުމަންޓެއް ފަރުމާކުރުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.

މި ފުރުސަތުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން، މޮނިއުމަންޓު ފަރުމާކުރުމުގައި ވިސްނަންޖެހޭ މުހިންމު ނުކުތާތަކަށް ސަމާލުކަން ދިނުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ފަރުމާކުރުމުގައި އަންނަނިވި މަޢުލޫމާތުތަކަށް ޚާއްސަ އިސްކަމެއް ދެއްވުން އެދެމެވެ.

  1. 1.     މޮނިއުމަންޓް ފަރުމާކުރުމުގައި ވިސްނުންބަހައްޓަންވީ މުޙިންމު ނުކުތާތައް:

1.1.   މޮނިއުމަންޓު ވާންވާނީ އުތުރު ބޮޑުދަތުރު ރަމްޒުކޮށްދޭ މޮނިއުމަންޓަކަށެވެ.

1.2.   ފަރުމާވާންވާނީ ބަލާލަން ރީތި، އިސްލާމްދީނާއި އާންމު އިޖްތިމާއީ މިންގަނޑުތަކަށް ފެތޭ ފަރުމާއަކަށެވެ.

1.3.   މޮނިއުމަންޓު  ބިނާ ކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ބަނދަރުމަތީ ސަރަހައްދެގައެވެ.

1.4.   ކުޅުދުއްފުށީގެ ނަން ދިވެހިންނާއި އިގިރޭސިން މޮނިއުމަންޓްގެ ކައިރިން ފެންނަންވާނެއެވެ.

1.5.   ފަރުމާކޮށްފައި ހުންނަންވާނީ ބާޒާރުން ފަސޭހައިން ލިބޭ ދިގުމުއްދަތައް ދެމިހުންނަ މެޓީރިއަލްއަކުން ހެދޭ ގޮތަށެވެ.

 

  1. 2.     މޮނިއުމަންޓް ފަރުމާކުރުމުގައި ގެންގުޅެންވީ މިންގަނޑުތައް:

2.1.   ހުށަހަޅާ ފަރުމާއަކީ ހުށަހަޅާފަރާތުގެ އަމިއްލަ ފަރުމާއަކަށްވާންވާނެއެވެ.

2.2.   ފަރުމާއިން ދައްކުވައިދޭ ކޮންމެބަޔަކުން ރަމްޒުކޮށްދޭ މާނަ ލިޔުމުން ހުށަހަޅަންވާނެއެވެ. އަދި ވަކިވަކި ބައިތަކުގައި ހުންނާނެކުލަޔާއި ބިނާކުރާނެ މެޓީރިއަލް އަދި މިންތައް އެގެންއޮންނަންވާނެއެވެ.

2.3.   ހުށަހަޅާފަރުމާ ޑައިމީޓަރުގައި 11.5 މީޓާރ ހުންނަ ސަރަހައްދަކަށް ފެތެންވާނެއެވެ.

 

  1. މޮނިއުމަންޓް ފަރުމާ ހުށަހަޅަންޖެހޭގޮތް

3.1.   ފަރުމާގެ2D  އަދި 3D ސްކޭލް ކުރެހުމުގެ ސޮފްޓްކޮޕީ ފައިލްތައް (eg: dwg/skp/eps/jpeg/pdf) އީމެއިލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

   އީ-މެއިލް

އިލް: [email protected]

ފޯން ނަންބަރ: 6527162، 6527210

3.2.   ކައުންސިލުން ހޮވާ ޑިޒައިން ، ޤާނޫނު ނަންބަރ 23-2023 ( ކޮޕީރައިޓާއި އެހެނިހެން ހައްޤުތަކުގެ ޤާނޫނު" ގެ ދަށުން ފަރުމާއަށްލިބިދީފައިވާ ހައްޤުތަކުގެ މިލްކުވެރިފަރާތަކީ ކުޅުދުއްފުށީ ސިޓީކައުންސިލުކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 

  1. ހުށަހަޅާ ފަރުމާއަށް ޕޮއިންޓްދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލު:

4.1.   އެންމެ ރަނގަޅު ފަރުމާ ހޮވުމަށްހަމަޖެހިފައިވަނީ އެކަމަށްޓަކައި އެކުލަވާލެވޭ ކޮމެޓީއަކުންނެވެ.

4.2.   ހުށަހަޅާފަރުމާތަކަކީ އެކަށީގެންނުވާފަދަ ފަރުމާތަކެއްކަމުގައި ކޮމެޓީއިން ފާސްކޮށްފިނަމަ، މިކަރުދާހަށް ގެންނަންފެންނަ ބަދަލުތަކާއިއެކު އަލުން ޢިއުލާންކުރުމުގެ އިޙްތިޔާރު ކޮމިޓީއަށްލިބިގެންވެއެވެ.

4.3.   1 ވަނަ އަށްދާފަރާތުން ކައުންސިލްގެ ކޮމެންޓާއި އެއްގޮތަށް ބަދަލްތައްގެނެސް ހުށަހަޅަންވާނެއެވެ.

35

Concept & Relevance

Clarity and originality of the design concept; alignment with the competition theme.

1

20

Aesthetic Appeal and Visual impact

symbolism, harmony, and artistic quality of the monument.      

2

10

Contextual Integration 

Sensitivity to the site, landscape, surrounding architecture, and environmental setting.

3

10

Innovation & Creativity

Uniqueness, creativity in form, structure, or interpretation.

4

5

Functionality & Accessibility  

Usability (if interactive), public access, inclusivity, and visitor experience.

5

5

Sustainability  

Use of sustainable materials, environmental impact, and long-term maintenance considerations.

6

10

Structural Feasibility

Practicality of construction, stability, material logic, and scale.   

7

5

Presentation Quality

Clarity of drawings, visuals (3D, renders, sketches), and explanatory text.

8

4.4.  މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  1. ކަނޑައެޅިފައިވާ އިނާމު:

5.1.    ހުށަހެޅޭ ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރުމާއަކަށް ފައިސާގެ އިނާމުގެ ގޮތުގައި 30،000 ރުފިޔާ (ތިރީސް ހާސް ރުފިޔާ) ކަނޑައެޅިފައިވާނެއެވެ.

  1. ސުންގަޑި:

6.1.   ފަރުމާ ހުށަހެޅުމުގެ ސުންގަޑިއަކީ 27 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 12:00 އެވެ.

ވީމާ، މޮނިއުމަންޓު ފަރުމާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅާ ޑިޒައިންތަށް ކަނޑައެޅިފައިވާ މެއިލް އެޑްރެސްއަށް ސުންގަޑީގެ ކުރިން މެއިލްކުރުންއެދެމެވެ.

27 އޮކްޓޫބަރު 2025