މަސައްކަތް
ނަންބަރު: GS-157/2015/IU28
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 09:59
ސުންގަޑި: 05 ނޮވެންބަރު 2015 11:00
ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
1 ފާޚާނާ ހަދައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސްކޫލުގައި 2016 ވަނަ އަހަރަށް ޕްރީ ސްކޫލް މަރުޙަލާއަށް ކިޔަވައިދިނުމަށްޓަކައި ފަސޭހައިން ބޭނުންކުރެވޭ ގޮތަށް 1 ފާޚާނާ ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި އޮފީހުގައި އޮންނާނެއެވެ. އަދި އަންދާސީހިސާބު ކެނޑުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުމުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނެވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 މުޙައްރަމް 1437   

28 އޮކްޓޫބަރު 2015