ބީލަން
ނަންބަރު: GS180/IUL/2025/23
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 04 ނޮވެންބަރު 2025 14:00
ކޮޅުމަޑުލު މަޑިފުށީ ސްކޫލް
ދިވެހިރާއްޖެ
ބޮޑެތި ކުދިންގެ ފާހާނަތައް މަރާމާތުކުރުން

 

އިޢުލާން

ބޮޑެތި ކުދިންގެ (އަންހެން އަދި ފިރިހެން ދަރިވަރުންގެ) ފާޚާނާތައް މަރާމާތުކުރުމަށް ކުރެވުނު އިޢުލާން ނަންބަރު GS180/IUL/2025/21 ގެ ބިޑު ރެޖިސްޓުރޭޝަން މުއްދަތު އިތުރުކުރުން

  1. މި ސްކޫލުގެ ބޮޑެތި ކުދިން (އަންހެން އަދި ފިރިހެން ދަރިވަރުންގެ) ފާޚާނާތައް އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން އަށް އެއްވެސް ފަރާތަކުން ބިޑަށް ރެޖިސްޓަރ ކޮށްފައި ނުވާތީ މިދެންނެވުނު ބިޑު އިޢުލާން އަށް ރެޖިސްޓަރ ކުރުމުގެ މުއްދަތު ވަނީ އިތުރު ކުރެވިފައެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 އޮކްޓޯބަރ 20 އިން 2025 ނޮވެމްބަރ 4 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 14:00 އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ސްކޫލަށް ގުޅައިގެން، މިބީލަމަށް ރަޖިސްޓަރީވުން އެދެމެވެ.
  3. މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 ނޮވެމްބަރ 5 ވާ ބުދަ ދުވަހުގެ 10:00 ގައި މި ސްކޫލުގައެވެ.
  4. ބިޑް ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ނޮވެމްބަރ 6 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި ސްކޫލުގައެވެ.
  5. މި ބީލަމުގައި ބައިވެރިވެވޭނީ މަތީގައި ދެންނެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަޑިފުށީ ސްކޫލް

ފޯން: 6780568

އީ-މެއިލް: [email protected]

 

6 ޖުމާދުލްއޫލާ 1447

27 އޮކްޓޯބަރ 2025

27 އޮކްޓޫބަރު 2025