ވަޒީފާގެ ފުރުޞަތު
ނަންބަރު: MBS/IU/2015/19
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 16:34
ސުންގަޑި: 09 ނޮވެންބަރު 2015 14:30
މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރ

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

25 އޮގަސްޓް 2015 ގައި މި ސަރވިސަސްއިން ކޮށްފައިވާ MBS/IU/2015/14 ނަންބަރުގެ އިޢުލާނުގައިވާ "މެޑިކަލް އޮފިސަރ" ގެ މަޤާމުގެ ޝަރުޠު ޞައްޙަނުވާތީ، އެ އިޢުލާން ބާޠިލްކޮށް، މި މަޤާމަށް މީހަކު ހޯދަން އަލުން އިޢުލާންކުރީމެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހެކެވެ.

މަޤާމް: މެޑިކަލް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އޮތް އޮފީސް: މޯލްޑިވިއަން ބްލަޑް ސަރވިސަސް

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސް ސެންޓަރ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސް ޕޭޝަންޓުން އޯ.ޕީ.ޑީގައި ބެލުން.
  2. ތެލެސީމިއާ ކުދިން ވޯޑުގައި ލޭ ގުޅައިގެން ތިބޭވަގުތު ލޭއެޅުމުގެ ސަބަބުން ދިމާވާ ޞިއްޙީ ޙާލަތްތަކަށް ފަރުވާދިނުން.
  3. ތެލެސީމިއާ ކުދިންގެ ލޭގައި ޖަމާވަމުންދާ ދަގަނޑުގެ މާއްދާތައް، އެކުދިންގެ ހަށިގަނޑުގައި ދަގަނޑު ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ޖަމާވިޔަ ނުދިނުމަށްޓަކައި، އެކުދިންނަށް ގަވާއިދުން ދޭންޖެހޭ ފަރުވާ ދިނުން.
  4. ތެލަސީމިއާ ކުދިންގެ ފަރުވާއާބެހޭ މަޢުލޫމާތުތައް އެކުދިންގެ ބެލެނިވެރިންނަށް ރަނގަޅަށް އޮޅުންފިލުވައިދީ، ދޭންޖެހޭ އިރުޝާދު ދިނުން.
  5. ތެލަސީމިއާ ކުދިންގެ ފަރުވާގެ ނިޒާމް ހަރުދަނާކުރުމަށާއި، ތެލެސީމިއާ ކޮންޓްރޯލްކުރުމަށާއި، ތެލެސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމަށް އެޑިއުކޭޝަން، އިންފޮމޭޝަން، ކޮމިއުނިކޭޝަން މެޓީރިއަލްސް ތައްޔާރުކުރުން.
  6. ތެލަސީމިއާ ކުދިންގެ ފަރުވާގެ ނިޒާމް ހަރުދަނާކުރުމަށާއި، ތެލެސީމިއާ ކޮންޓްރޯލްކުރުމަށާއި، ތެލެސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގެ އަތޮޅުތަކުގައި ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  7. ހިލޭސާބަހަށް ލޭހަދިޔާކުރުމަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް އެޑިއުކޭޝަން، އިންފޮމޭޝަން، ކޮމިއުނިކޭޝަން މެޓީރިއަލްސް ތައްޔާރުކުރުމާއި، ބްލަޑް ޑޮނޭޝަން ކޭމްޕްތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠު:

މަޤާމުގެ ނަން

މަޤާމުގެ ކްލެސިފިކޭޝަން

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ (ރުފިޔާ)

ސަރވިސް އެލަވަންސް(ރުފިޔާ)

 

 

 

 

 

 

 

 

 

 

މެޑިކަލް އޮފިސަރ

 

 

 

 

 

 

 

 

 

 

 

 ޖެނެރަލް މެޑިކަލް ޕްރެކްޓީޝަނަރސް

 

 

 

 

 

 

 

 

 

CS12-5

މެޑިކަލް އޮފިސަރ، ސީ. އެސް. 12-4 ގްރޭޑުގައި 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

 

18,350.00

 

6,150.00

 

CS12-4

މެޑިކަލް އޮފިސަރ، ސީ. އެސް. 12-3 ގްރޭޑުގައި 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

 

17,490.00

 

6,150.00

 

 

 

 

CS12-3

1. މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލްކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް  ގަބޫލްކުރާ  1  އަހަރު  ދުވަހަށްވުރެ  ކުރުނޫން އަދި 2 އަހަރު ދުވަހަށްވުރެ ދިގުނޫން ޑިޕްލޮމާއެއް ފެމިލީ މެޑިސިން ނުވަތަ ޖެނެރަލް ޕްރެކްޓިޝަނަރ ދާއިރާއިން ހާސިލުކޮށްފައިވުމާއެކު، މެޑިކަލް އޮފިސަރ، ސީ. އެސް. 12-2 ގްރޭޑުގައި 1 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން %85 އިން މަތިން މާކްސް ހޯދާފައިވުން.

2. މެޑިކަލް އޮފިސަރ، ސީ. އެސް. 12-2 ގްރޭޑުގައި 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

 

 

 

 

16,630.00

 

 

 

 

6,150.00

 

 

 

 

CS12-2

 

1. މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލްކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލްކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރު ދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލްކުރާ 1 އަހަރު ދުވަހަށްވުރެ ކުރުނޫން އަދި 2 އަހަރު ދުވަހަށްވުރެ ދިގުނޫން ޑިޕްލޮމާއެއް ފެމިލީ މެޑިސިން ނުވަތަ ޖެނެރަލް ޕްރެކްޓިޝަނަރ ދާއިރާއިން ހާސިލުކޮށްފައިވުން. 

2. މެޑިކަލް އޮފިސަރ، ސީ. އެސް. 12-1 ގްރޭޑުގައި 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

 

 

 

 

15,850.00

 

 

 

 

6,150.00

 

 

 

CS12-1

 

މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލްކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލްކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރު ދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓްރީކޮށް، ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން.

 

 

15,090.00

 

 

6,150.00

އިތުރު ޢިނާއަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދައިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

2015 ނޮވެންބަރު 9 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން، މޯލްޑިވިއަން ބްލަޑް ސަރވިސަސް.

އިންޓަވިއު ކުރުން:

މި ވަޒީފާއަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ،2015  ނޮވެންބަރު 10 އާއި 15 އާ ދެމެދު މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި (މަޖީދީމަގު)

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

13 މުޙައްރަމް 1437

26 އޮކްޓޫބަރު 2015