ދިވެހިރާއްޖެ
މި ރަށުގެ އެކި ބިންތަކުގައި މި އިދާރާއަށް ނޭނގި ރުއްގަސް އިންދަމުންދާ ކަމީ އާންމު ވަމުންދާކަމެކެވެ. ނަމަވެސް، މި ކަމަކީ ދިވެހިރާއްޖޭގައި ހެދިފައިވާ "މީހުންއުޅޭ ރަށްރަށުގެ ރުއްގަހާ ބެހޭ ޤާނޫނު" (ޤާނޫނު ނަންބަރު 98/21) ގެ ދެވަނަ މާއްދާއިން މުޅިން މަނާ ކުރެވިފައިވާ ކަމެކެވެ. އަދި މި ފަދައިން ރުއްގަސް އިންދަން ވާނީ ރަށު ކައުންސިލުގެ ހުއްދަ ހޯދުމަށްފަހު މި އިދާރާއިން ކަނޑައަޅާ ތަނެއްގައި ކަމުގައިވެސް ދަންނަވަމެވެ. މި ފަދަ ބިންތަކަކީ ވަކި ފަރާތަކަށް ދެވިފައިވާ ބިންތަކަށް ނުވެފައި، މި ކަމުގެ ސަބަބުން ރަށުގެ ޢާންމު މަޞްލަޙަތަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމުގައި ވާތީ، މިކަން ހުއްޓާލުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރަމެވެ.
ދަނޑުވެރިކަން ކުރުމަށާއި އެކި ބޭނުންތަކަށް ހުއްދަ ހޯދުމެއްނެތި މިފަދަ މަސައްކަތް ކުރާ ފަރާތްތަކުން ރަށުގެ އެކި އެކި ސަރަޙައްދު ތަކުގައި ހެދިފައިވާ މިދިލި، ކަށިކެޔޮ، ނިކަ ފަދަ ބޮޑެތި ގަސްތައް އަންދައި ކޮށަމުންދާ ކަމުގެ ޝަކުވާ ވަނީ މިއިދާރާއަށް ލިބިފައެވެ. ރަށުގައި ހުރި ޤުދުރަތީ ވަޞީލަތްތައް މަދުކަމާ، އެވަޞީލަތްތައް ހެޔޮގޮތުގައި ބޭނުންކޮށް އަންނަންއޮތް ޖީލްތަކަށް ވާޞިލް ކޮށްދިނުމުގެ އެންމެބޮޑު ޒިންމާ އެއް، އެޅިފައިވާ ބަޔަކީ މިރަށުގެ ރައްޔިތުންކަމަށްވާއިރު، އަޅުގަނޑުމެންގެ ވެށި ޙިމާޔަތްކޮށް، ޤުދުރަތީ ވަޞީލަތްތައް ބަލަހައްޓާނެ އެހެން ފަރާތެއް ނެތްކަން އެނގިތިބެމެ،އެ ކަންކަމަށް ގެއްލުންތައް ލިބޭނެގޮތަކަށް ޢަމަލުތައް ބެހެއްޓުމަކީ، އަޅުގަޑުމެންގެ މުސްތަޤްބަލަށް ލިބޭނެ ދެރައެއްކަން ޤަބޫލްކޮށް، މިފަދަ އަމަލުތައް ނުހިންގުމަށާއި މިފަދަ ނާތަހުޒީބީ ކަންތައްތަކުން ދުރުހެލިވެ ތިބުމަށް މިއިދާރާއިން އިލްތިމާސް ކުރަމެވެ.
ޤާނޫނު ނަންބަރ 98/21 (މީހުންއުޅޭ ރަށްރަށުގެ ރުއްގަހާ ބެހޭ ޤާނޫނު) ގައި ވާގޮތުގެ މަތިން ރަށުގެ ގޯތިން ބޭރުގައި ރުއްގަސް އިންދޭނީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ. އަދި ޤަވާޢިދާއި ޚިލާފަށް ރުއްގަސް އިންދުމާއި، ރަށުގެ އެކިސަރަޙައްދުތަކުގައި ހެދިފައިވާ ބޮޑެތި ގަސްތައް އަންދާ އަދި ކޮށައި ހެދުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. އަދި މިފަދަ ނާތަޙްޒީބު އަމަލްތަށް ކުރާފަރާތްތަކާއިމެދު ޤާނޫނާ ޤަވައިދާ އެއްގޮތަށް ފިޔަވަޅު އެޅޭނެވާހަކަ ރައްޔިތުންގެ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ