ދިވެހިރާއްޖެ
އިޢުލާން
މިހޮސްޕިޓަލުގެ މޫމިޔާ ދޯނި އަދި ލޯންޗަށް ބޭނުންވާ ސްޕެއަރޕާޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
މިހޮސްޕިޓަލުގައި ބޭނުންކުރަމުންދާ، 2 އުޅަނދުކަމަށްވާ، ' މޫމިޔާ ދޯނި' އަދި 'ހެލްތު 1' ލޯންޗުގެ އިންޖީނު މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއަރޕާޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު:TENDER/URH/2025/26 އާއި ގުޅިގެން، ހުށައެޅުއްވި އަންދާސީ ހިސާބުތައް އެކަށީގެންވާ މިންވަރަށްވުރެން ބޮޑުކަމަށް ފެންނާތީވެ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މިހެންކަމުން، މިތަކެތި ސަޕްލައިކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން، ތިރީގައި އިރުޝާދުދެވިފައިވާގޮތަށް، އެމަސައްކަތުގެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
|
އަންދާސީ ހިސާބު ހުށައެޅުއްވުން |
ތާރީޚް: 2025 ނޮވެމްބަރ 06 - ބުރާސްފަތި ގަޑި: ހެދުނު 11:00 ގައި ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެއިން ކޮންފަރެންސް ރޫމް |
މިއިޢުލާނާއިގުޅޭ މައުލޫމާތު ޝީޓާއި، ކުރެހުންތަކާއި، އަދި ގުޅުންހުރި އެންމެހާ ލިޔުންތައް، ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި، 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.