ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)166/166/2015/128
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 09 ނޮވެންބަރު 2015 13:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މުއްދަތު

3 (ތިނެއް) މަސްދުވަސް

ބޭނުންވާ އަދަދު

1 (އެކެއް) 

ބޭނުންވާ ސެކްޝަން

ލޯން ސެކްޝަން

މުސާރަ

މަސައްކަތްކުރާ ކޮންމެ ދުވަހަކަށް /-270 ރުފިޔާ (ދުވާލަކު 6 ގަޑިއިރު)

އިތުރުގަޑީގެ ފައިސާ

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތީން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ

- އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަން ޖެހޭ މަސައްކަތް

1- ލޯން ސްކީމްތަކުގެ މަސައްކަތްތަކާބެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ދަރިވަރުންގެ ފަރާތުން އަންނަ ސިޓީތަކަށް ޖަވާބުދިނުން.

2- ލޯނު ސްކީމްތަކާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް އެ މައުލޫމާތައް ފޯރުކޮށްދިނުން.

3- ލޯން ސްކީމްތަކުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް ދޫކުރަންޖެހޭ ފައިސާ ދޫކުރުމުގެ މަސައްކަތާ ގުޅޭގޮތުން ބޭންކާއެކު ކުރަންޖެހޭ މުޢާމުލާތުތައް ކުރުމާއި، ދަރިވަރުންނަށް ދޭންވާ ފައިސާ ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވުން.

4- އަލަށް ހުޅުވާލެވޭ ލޯންސްކީމްތަކާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

5- ބަލަހައްޓަން ހަވާލުކުރެވިފައިވާ ލޯން ސްކީމްތަކާބެހޭ ތަފާސްހިސާބު، ވެރިން އެންގާގޮތެއްގެމަތިން ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް ޓެސްޓެއް ދިނުން.

- މަސައްކަތުގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމާއި، މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު ވަޒަންކުރުމަށްޓަކައި، އިންޓަވިއުކުރުން.

ހުށަހަޅަންޖެހޭ ތަކެތި

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން، ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

ބ-  މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންގެންދާ  އިދާރާތަކުން ހޯދާފައިވާ ލިޔުން. މިފަދަ ލިޔުންތަކުގައި، ކުރި މަސައްކަތާއި، މަސަައްކަތްކުރި މުއްދަތު އެނގެން އޮންނަންވާނެއެވެ. މި ލިޔުންތަކުގައި، ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ވެސް އެނގެން އޮންނަންވާނެއެވެ.

ޅ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ސުންގަޑި

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގޭގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ނޮވެންބަރު 9 ވަނަ ދުވަހުގެ 13:30 ގެ ކުރިން.

އިންޓަވިއު

މިކަމަށްއެދި ހުށަހަޅާފަރާތްތަކާ ކުރެވޭ އިންޓަވިއު އޮންނާނީ، 2015 ނޮވެންބަރު 10 އާއި 17 އާ ދެމެދުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ނަންބަރަކީ 3341307 ފޯނަށް ނުވަތަ 3341303 ނަންބަރު ފޯނަށެވެ.

12 މުޙައްރަމް 1437

25 އޮކްޓޫބަރު 2015