ދިވެހިރާއްޖެ
ނަންބަރު: (IUL)403-A/403/2025/153
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ލ.މާމެންދޫ ޤަބުރުސްތާނާ ހިނަވާގެ މީލާދީ 2 (ދޭއް) އަހަރު ދުވަހަށް ކުނިކަހައިސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިދާރާއިން ކޮށްފައިވާ ނަންބަރު (IUL)403-A/403/2025/143 (09 އޮކްޓޯބަރު 2025) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް ބީލަން ހުށައަޅާފައި ނުވާތީ އެއިޢުލާނު ބާތިލުކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާނު ކުރަމެވެ. މިޕްރޮޖެކްޓާއި ގުޅޭ ބީލަން ޑޮކިއުމެންޓްތައް އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
ތަފްޞީލް ދުވަސް ތަން
ބީލަމުގައި ރަޖިސްޓްރީވުން 04 ނޮވެންބަރު 2025 ވާ އަންގާރަ ދުވަހުގެ 13:00 އާއި ހަމައަށް ލ.މާމެންދޫ ވަގުތީ ކައުންސިލް އިދާރާ ( ލ.މާމެންދޫ ރައްޔިތުންގެ ޕްރީ ސްކޫލް )
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.
ބީލަން ހުށަހެޅުން 06 ނޮވެންބަރު 2025
(ބުރާސްފަތި) 13:00 ގައި ލ.މާމެންދޫ ވަގުތީ ކައުންސިލް އިދާރާ ( ލ.މާމެންދޫ ރައްޔިތުންގެ ޕްރީ ސްކޫލް )
މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 30 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި
ފޭސްބުކްޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށްދީފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީކޮށް އަދި ބީލަންފޮތް ވިއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ބީލަންފޮތް ގަންނަ ފަރާތްތަކަށް
އެކަނިކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޯމް މެއިލް ކުރެވިދާނެއެވެ. ބީލަން ފޮތް 27 އޮކްޓޫބަރ 2025 ވާ ހޯމަ ދުވަހުން ފެށިގެން 05 ނޮވެންބަރު
ބުދަ ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 (ސަތޭކަ) ރުފިޔާ އެވެ.
* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ
* އީމެއިލް: [email protected]
* ފޯން: 6800705
ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.