މުބާރާތް
ނަންބަރު: (IUL)30-D1/30/2025/214
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 14:06
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ [ރަހަވަރު] ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، 13 ޑިސެންބަރު 2025 ވާ ހޮނިހިރު ދުވަހު، ރ. ދުވާފަރުގައި ކެއްކުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ އަމާޒަކީ ޒުވާނުންނާއި ކެއްކުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތައްކަށް މިދާއިރާއިން ފުރުސަތު ފަހިކޮށް، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެފަރާތްތައް ބައިވެރިކުރުމެވެ. އަދި ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް މަސްވެރިކަމުން ހިއްސާކުރާ މިންވަރު ފާހަގަކުރުމާއި ދިވެހިންގެ ކެއުން ބުއިމުގެ އާދަކާދަތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ތަފާތު އައު ބާވަތްތަކުގެ މަހުގެ އުފެއްދުންތައް އުފައްދާ، ބޭނުންކުރުމުގެ މުހިންމުކަން ދައްކުވާ ދިނުމެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ކަމާގުޅޭ ފޯމް (https://tinyurl.com/3wp7r7jz)  ފުރިހަމަ ކުރެއްވުމަށް ފަހު 15 ނޮވެމްބަރު 2025 ގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ފޯމްގެ ލިންކާއި، މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އަދި އިރުޝާދު މި އިޢުލާނާ އެއްއުރަ ކުރެވިފައިވާ ކަރުދާހުގައި ހިމެނިފައިވާނެއެވެ.

26 އޮކްޓޫބަރު 2025