ދިވެހިރާއްޖެ
ނޭކުރެންދޫ ސްކޫލުގެ ކުލާސް ރޫމްގެ ކުޑަދޮރު ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެހެންކަމުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވެ ލައްވާ ފަރާތްތަކުން 2025 އޮކްޓޫބަރު 30 ވަނަ ދުވަހު 14:00ގެ ކުރިން ތިރީގައިވާ މެއިލްއަށް ރެޖިސްޓްރީ ފޯރމް ފޮނުއްވުން އެދެމެވެ. ރަޖިސްޓްރީ ފޯމް މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ފޯމް ފުރިހަމަކޮށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. މި ބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅު ވެލައްވާނަމަ 2025 ނޮވެންބަރު 4 ވާ އަންގާރަ ދުވަހުގެ 11:00ގެ ކުރިން [email protected] މެއިލް އަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ނޮވެންބަރު 6 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ނޭކުރެންދޫ ސްކޫލުގައެވެ.
މި ބީލަމާއި ގުޅޭ ބީލަން ފޮތާއި ރަޖިސްޓްރީ ފޯމް އަދި މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
ވީމާ މި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަންގާ އިއުލާންކުރީމެވެ.