ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)TAH-A/INDIV/2015/14
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 02 ނޮވެންބަރު 2015 12:00
ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުން 30 ސެޕްޓެންބަރު 2015 ގައި ކޮށްފައިވާ IUL)TAH-A/INDIV/2015/13) ނަންބަރުގެ އިޢުލާނާ ގުޅިގެން އެކައުންޓްސް އޮފިސަރގެ މަޤާމަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށް އެ މަޤާމަށް ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޜަން/ ސެކްޝަން

ބަޖެޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ތ. އަތޮޅު ހޮސްޕިޓަލް، ތ. ވޭމަންޑޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެކައުންޓްސް އެންޑް ފައިނޭންސް ޔުނިޓުގައި އިސްކޮށް ހަރަކާތްތެރިވެ މަސައްކަތްކުރުން.
  2. ދަށުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ބަލައި ސުޕަވައިޒްކުރުމާއި، އެ މުވައްޒިފުންލައްވާ މަސައްކަތް ކުރުވުން.
  3. ބަޖެޓާބެހޭ ފައިސާގެ އެކައުންޓް ބެލެހެއްޓުމާއި، ރިޕޯޓް ފޮނުވުމާއި، ރިކޯޑް ބެލެހެއްޓުން.
  4. ތިޖޫރީއާއި، ތިޖޫރީގައި ބަހައްޓާ ފައިސާގެ ހިސާބުތައް ބެލެހެއްޓުން.
  5. މުވައްޒަފުންގެ މުސާރަ ޝީޓް ހެދުމާއި، މުސާރަ ޤަވައިދުން ދިނުން.
  6. ހޮސްޕިޓަލުގެ ޚަރަދަށް ބޭނުންވާ ފައިސާއަށް އެދުމާއި، ބިލްތަކަށް ފައިސާ ދެއްކުން.
  7. ބަޖެޓާބެހޭ ފައިސާއާއި، ބަޖެޓާ ނުބެހޭ ފައިސާގެ ހުއްދަ ދެއްވާ ޗެކްކުރުމާއި، ފައިސާގެ ބިލް ޗެކްކޮށް، ދަށުގައި މަސައްކަތްކުރާ މުވައްޒަފުން ލައްވާ މަސައްކަތްކުރުވުން.
  8. ލިބޭފައިސާއާއި، ޚަރަދުކުރާ އެންމެހައި ފާއިސާއެއްގެ ހިސާބުތައް ޤަވައިދާ އެއްގޮތަށް ބެލެހެއްޓުން.
  9. ބަޖެޓާބެހޭ އެކައުންޓުގެ ތަފްސީލް ޤަވައިދުން ބެލެހެއްޓުން.
  10. މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާއާއި، އެކިއެކި އެލަވަންސަށް ދޭންޖެހޭ ފައިސާގެ ރިޕޯޓްތައް ޗެކްކޮށް، ފައިސާދިނުން.
  11. ލަފާކުރާ ބަޖެޓް، ހަމަޖެހިފައިވާ އުސޫލުން ތައްޔާރުކޮށް ފޮނުވުން.

 

 

 

 

ތަޢުލީމާއި ތަޖުރިބާ

1- އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ. ސީ. ސީ .އޭ.، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީ. އޭ. ޓީ)ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް  ހާސިލްކޮށްފައިވުމާއެކު، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ. ސީ. ސީ. އޭ.، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީ. އޭ. ޓީ)ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. ނުވަތަ؛

2- އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، (އޭ. ސީ. ސީ. އޭ)، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީ. އޭ. ޓީ)ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، (އޭ. ސީ. ސީ. އޭ)، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީ. އޭ. ޓީ)ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން  ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް  އެދޭ  ފަރާތުގެ  ވަނަވަރު (ވަޒީފާއަށް  އެދޭ  ފޯމާއެކު  އެޓޭޗްކުރެވިފައިވާ  ނަމޫނާއާ  އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 ނޮވެންބަރު 2 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި ހޮސްޕިޓަލަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ ނޮވެންބަރުމަހުގައި، ތ. އަތޮޅު ހޮސްޕިޓަލުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6780057 ނަންބަރު ފޯނަށެވެ.

9 މުޙައްރަމް 1437

22 އޮކްޓޫބަރު 2015