ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކުރާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ އޭ-ޒޯން ލައިސަންސް ދޫކުރުމަށްޓަކައި އަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. އިމްތިހާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެންވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެކެވެ. މި ފުރުސަތު ދެޖިންސުގެ މީހުންނަށްވެސްވަނީ ހުޅުވާލެވިފައެވެ.
ބޭނުންވާ އަދަދު: 02
ޝަރުތު:
- A1, B1, C1 ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
- ދޫކުރި ތާރީޙުންފެށިގެން މަދުވެގެން 3 އަހަރު ދުވަސްވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
- ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއް ކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
- އުމުރުން 55 އަހަރު ހަމަނުވާ މީހެއްކަމުގައިވުމާއި ރަނގަޅު ސިއްޙަތެއްގައި ހުރުން.
- ޑްރައިވިންސް ސުކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހަކު ކަމުގައިނުވުމާއި، ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންސް ސުކޫލެއްގައި މަސައްކަތްކޮށްފައިނުވުން.
އެލަވަންސް:
- ޓެސްޓް ކުރާ ކޮންމެ A1, A0 ކެޓަގަރީގެ އުޅަނދަކަށް -/35 ރުފިޔާ
- ތިނެއް ނުވަތަ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ކެޓަގަރީގެ ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް -/50 ރުފިޔާ
ދެންނެވިފައިވާ ޝަރުތުތައްހަމަވާ ފަރާތްތަކުން (ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު) 30 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ލިޔުންތައް ފޮނުއްވާނީ [email protected] މި އީމެއިލްއަށެވެ. އެގްޒަމިނަރުން ހޮވުމުގައި ދާއިމީ ލައިސެންސްގައިވާ ކެޓަގަރީގެ އަދަދަށާއި، ލައިސެންސްގެ މުއްދަތަށާއި، އަދި ގިނަ ވަގުތު ރަށުގައި ހުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- އެގްޒަމިނަރަކަށް ވުމަށް އެދި ހުށައަޅާ ސިޓީ،
- ހުށައަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ،
- ހުށައަޅާ ފަރާތުގެ ވަނަވަރު (ސީ.ވީ)،
- 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯރޓް،
- އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.