އިންޝުއަރެންސް
ނަންބަރު: 116-F40/IFB/2015/60
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 05 ނޮވެންބަރު 2015 14:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
2016 ވަނަ އަހަރަށް އެއަރޕޯޓް އިންޝުއަރެންސް ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 2016 ވަނަ އަހަރަށް އެއަރޕޯޓް އިންޝުއަރެންސް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގަމުން އަންނަ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (އައި.އެން.އައި.އޭ)ގެ 2016 ވަނަ އަހަރަށް އިންޝުއަރެންސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންްވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ސިޓީއަކުން, ފެކްސްްއަކުން ނުވަތަ އީމެއިލް ([email protected])  މެދުވެރިކޮށް ޝައުޤުވެރިވެލައްވާކަން ފާޅުކުރެއްވުން އެދެމެވެ. މިގޮތަށް ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތައް ރަޖިސްޓަރީ ކުރެވި، އިނގިރޭސި ބަހުން ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

ރަޖިސްޓަރީ ވެފައިވާ ޕާޓީތަކުގެ ތެރެއިން ހާޒިރުވާން ބޭނުންވާ ފަރާތްތަކަށް ބާއްވާ ޕްރިބިޑް ބައްދަލުވުމެއް 12 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައި މި ކުންފުނީގެ އިދާރާ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ގައި އޮންނާނެއެވެ. މި މަސައްކަތްތަކާ ގުޅޭގޮތުން އުފެދޭ ސުވާލުތައް އެންމެ ލަސްވެގެން 15 ނޮވެންބަރު 2015 ވާ އާއްދީތަ ދުވަހުގެ 14:30 ގެ ކުރިން ލިޔުމުން (ފެކްސް ނުވަތަ އީމެއިލްއިން) ހުށަހެޅުއްވުން އެދެމެވެ.

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 26 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި އެވެެ. ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 26 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި، މި ކުންފުނީގެ މައި އިދާރާ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބީލަންތައް ދިރާސާކުރުމަށްފަހު، މި ކުންފުންޏަށް އެންމެ ފައިދާހުރި އަންދާސީހިސާބެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި، ބިޑް އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3337266 /3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް  www.macl.aero

 

26 އޮކްޓޫބަރު 2015