ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 366/2025/45
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 13 ނޮވެންބަރު 2025 14:00
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ކުނިގޮނޑު ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތަކެއް ހޯދުމާއިބެހޭ

        މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ރަށުގެ ކުނިގޮނޑު ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

 

        ވީމާ، އުމުރުން 18 އަހަރުން މަތީގެ ރަށުގެ ރަށްވެހިންގެ ތެރޭގައި ހިމެނޭ ދެޖިންސްގެ ބޭފުޅުންނާއި، ރަށުގައި ދިރިއުޅޭ އެހެން ރަށްރަށުގެ ބޭފުޅުންގެ ތެރެއިން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 14:00 ގެކުރިން " ކުނިގޮނޑު ސާފުކޮށް ބަލަހައްޓައި ދިނުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ކަމަށާއި، ފޯމާއިއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު މަސައްކަތާއިބެހޭ މަޢުލޫމާތު ކަރުދާސް ޢާއްމުކުރީމެވެ.  

 

        މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

26 އޮކްޓޫބަރު 2025