ދިވެހިރާއްޖެ
ނަމްބަރު: GS07/IUL/2025/022
އިޢުލާން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާ ބެހޭ!
1- 01 ޖެނުއަރީ 2026 ން ފެށިގެން 31 ޑިސެންބަރު 2026ގެ ނިޔަލަށް މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
2- މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 2025 އޮކްޓޫބަރު 27 އިން 2025 ނޮވެންބަރު 04 އަށް ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިމަދަރުސާއަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3- މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ނޮވެންބަރު 06ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުން އެދެމެވެ.
4- މިބީލަމާ ބެހޭގޮތުން ސުވާލުހުށަހަޅާފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 ނޮވެންބަރު 09 ވާ އާދިއްތަ ދުވަހުގެ 9:00 ގައި މިމަދަރުސާގައެވެ.
5- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2025 ނޮވެންބަރު 16 ވާ އާދިއްތަ ދުވަހުގެ 9:00 ގައި މިމަދަރުސާގައެވެ.
6- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނ.އަތޮޅު ތަޢުލީމީ މަރުކަޒު
ސޯސަންމަގު
ނ.ވެލިދޫ، ދިވެހިރާއްޖެ
ފޯން: 6560019
އީ-މެއިލް: [email protected]
ވިމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
04 ޖުމާދިލްއޫލާ 1447
26 އޮކްޓޫބަރު 2025