ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)220-AS/1/2025/118
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 16:56
ސުންގަޑި: 06 ނޮވެންބަރު 2025 10:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ – ފައިލިން ރެކް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މި އޮތޯރިޓީއަށް ފައިލިން ރެކް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 09 ޖުލައި 2025 ގައި ކުރި ނަންބަރު  (IUL)220-AS/1/2025/61 އިޢުލާނާ ގުޅިގެން، އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީއާއި މަޢުލޫމާތު ޝީޓަށް ބަދަލު ގެނެސްފައިވާތީ ދެންނެވުނު ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި ތަކެތި ސަޕްލައިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި

30 އޮކްޓޫބަރު 2025

 ބުރާސްފަތި

12:00

އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން

06 ނޮވެންބަރު 2025

ބުރާސްފަތި

10:00

1. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

ލިންކް:https://forms.office.com/r/FEpp6AYLEi

2. މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.

3. ބީލަން ތައްޔާރުކުރަންވާނީ މި އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.

4. މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 05 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހު 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

5. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3339467 އަށް ގުޅުއްވުން އެދެމެވެ.

 

01 ޖުމާދަލްއޫލާ 1447

23 އޮކްޓޫބަރު 2025