ދިވެހިރާއްޖެ
މަޤާމު |
ހެލްތް ކެއަރ އެޓެންޑަންޓް |
||||||||
މަޤާމް ގެ ގިންތި |
ދާއިމީ |
||||||||
މަޤާމުގެ ރޭންކް |
އެސް. އެސް 2 |
||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 2 |
||||||||
ބޭނުންވާ އަދަދު: |
01 (އެކެއް) |
||||||||
ވަޒީފާ އަދާކުރަންޖެހޭ ތަން |
ހުޅުމާލެ ހޮސްޕިޓަލް/ މެއިންޓެނަންސް ޑިވިޝަން |
||||||||
މުސާރަ: |
މަހަކު -/3470 ރުފިޔާ |
||||||||
ސަރވިސް އެލެވަންސް: |
މަހަކު -/1000 ރުފިޔާ |
||||||||
ސަޕޯރޓިންގ ކޯ އެލަވަންސް: |
މަހަކު -/1200 ރުފިޔާ |
||||||||
ރިސްކް އެލަވަންސް: |
-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް) |
||||||||
މިނިމަމް ވޭޖް އެލަވަންސް: |
މަހަކު -/613 ރުފިޔާ |
||||||||
ސްޕެޝަލް ޑިއުޓީ އެލަވަންސް: |
މަހަކު 1214.50/- ރުފިޔާ |
||||||||
އިތުރު އިނާޔަތްތައް |
1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ |
||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1. ފެސިލިޓީ މަނޭޖްމަންޓްގެ ދަށުން ކުރިއަށްދާ މެއިންޓަނަންސް ޑިވިޝަންގެ އޭސީ އެންޑް އިލެކްޓްރިކަލް ސެކްޝަނުން ކުރެވޭ އޭސީ ގެ މަސައްކަތްތަކުގައި އެހީތެރިކަން ދިނުން 2. ފެސިލިޓީ މަނޭޖްމަންޓްގެ ދަށުން ކުރިއަށްދާ މެއިންޓަނަންސް ޑިވިޝަންގެ އޭސީ އެންޑް އިލެކްޓްރިކަލް ސެކްޝަނުން ކުރެވޭ ޕެނަލްބޯޑުތަކުގެ ގެ މަސައްކަތްތަކުގައި އެހީތެރިކަން ދިނުން 3. ފެސިލިޓީ މަނޭޖްމަންޓްގެ ދަށުން ކުރިއަށްދާ މެއިންޓަނަންސް ޑިވިޝަންގެ އޭސީ އެންޑް އިލެކްޓްރިކަލް ސެކްޝަނުން ކުރާ ހޮސްޕިޓަލްގެ ހުރިހާ ލިފްޓްތަކެއްގެ މަސައްކަތްތަކުގައި އެހީތެރިކަން ދިނުން 4. ކޮންމެ ދުވަހަކު ކުރެވޭ މަސައްކަތްތައް ލޮގް ކުރެވި ހަވާލުވެ ހުރި ސުޕަވައިޒަރއަށް އަދާހަމަ ކޮށްދިނުން 5. ފެސިލިޓީ މަނޭޖްމަންޓްގެ ދަށުން ކުރިއަށްދާ މެއިންޓަނަންސް ޑިވިޝަންގެ އޭސީ އެންޑް އިލެކްޓްރިކަލް ސެކްޝަނުން ކުރެވޭ ޑީބޯޑުތަކުގެ މަސައްކަތްތަކުގައި އެހީތެރިކަން ދިނުން 6. އައުޓްސޯސް ކޮށްގެން ހޮސްޕިޓަލް ސާފުކުރުމަށް ޙަވާލުވެފައިވާ ފަރާތުން ހޮސްޕިޓަލުގެ އެތެރެއާއި ހޮސްޕިޓަލުގެ ގޯތިތެރެ އަދި ފާޚާނާ ތަކާއި، ޑޮކްޓަރުންގެ ކޮޓަރިތައް ސާފުކުރާގޮތް ޗެކްކޮށް، އެމީހުން ސާފުކުރާ ގަޑިތަކުގައި ޑިއުޓީގައި ހުރި މުވައްޒަފަކު އެތަނަށްގޮސް ސާފުކުރަނީ ރަގަޅަށްތޯބެލުމާއި، އަދި އެތަން ތަނުގައި ހުންނަ ލައިޓް ތަކާއި އެހެނިން ތަކެތި ހުރީ ރަގަޅައްތޯ ބަލާ ޗެކުކޮށް ހަލާކުވެފައި އެއްޗެއް ހުރިނަމައެކަން ސުޕަވައިޒަރަށް ރިޕޯޓްކުރުން.
7. ޑޮކްޓަރުންގެ ކޮޓަރި ތަކުގެ މޭޒު އަދި ޓްރޭފަދަ ތަކެތި ފޮހެ ސާފުކޮށް ޑޮކްޓަރުންގެ ކޮޓަރީގައި ހުންނަ ބެޑުތަކުގައި ބެޑު އެޅުން. 8. ހޮސްޕިޓަލްގެ އެތެރެއާއި ހޮސްޕިޓަލްގެ ގޯތިތެރޭގެ ސާފުތާހިރުކަން ބެލެހެއްޓުން. އެގޮތުން ފާޚާނާތަކާއި ޑޮކްޓަރުންގެ ކޮޓަރިތައް ހަޑިވެފައި ހުރިނަމަ ސާފުކުރުން. 9. ހޮސްޕިޓަލުގެ އެކަމަޑޭޝަން ފުލެޓްތައް ހުސްވުމުން އެތަން ސާފުކުރުވާ، ހުސްވާ ފްލެޓްތަކަށް އަލަށް އަންނަޑޮކްޓަރުންނަށް ބޭނުންވާ ތަކެތި އެޑްމިންސްޓްރޭޝަން އޮފީހުގެ ލާފާގެ މަތިން ސުޕަވައިޒަރާ މަޝްވަރާކޮށްގެން، ހަމަކޮށްދީ ތަންތައްޔާރުކުރުން. 10. ޑިޕާޓްމަންޓްގައި ބޭނުންކުރާ މެޝިނަރީޒް އާއި އެހެނިހެން ތަކެތި އެއްތަނުން އަނެއްތަނަށް ގެންގޮސް ގެނައު 11. އެނދުމަތި ކުރެވިފައިތިބޭ ބަލިމީހުން ސްޓްރެޗަރ އަށް އަރުވާ، ސްކޭންކޮށް އަދި އެކްސްރޭ ނެގުމަށް ގެންދަންޖެހޭ ތަންތަނަށް ގެންގޮސް ދިނުން 12. ބަލިމީހުންނަށާއި ޑޮކްޓަރުންނަށް އަދި ނަރުހުން ބޭނުންވެއްޖެ ހިނދެއްގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން 13. ވޯޑުތަކުގަޔާއި ބޭސްއަޅައިދޭ ކޮޓަރި ފަދަ ތަންތަނުގައި ބޭނުންކުރެވޭ އާލާތްތައް އޮޓޯކްލޭވް ކުރުމަށް ގެންގޮސް ގެނައުން
14. ނަރުހުން އަދި ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން، އެޑްމިޓްކޮށްފައިތިބޭ ބަލިމީހުން އުފުލަންޖެހޭ ޙާލަތްތަކުގައި އުފުލައިގެން ހޮސްޕިޓަލްގެ ސަރވިސް އޭރިއާތަކަށް ގެންގޮސްގެނައުން
15. ލެބޯޓްރީ އަށް ގެންދަންޖެހޭ ސާމްޕަލްތައް ލެބޯޓްރީއަށް ގެންދިއުން
16. ޞިއްޙީ ކުއްލި އިމަޖެންސީތަކާއި ޕެންޑަމިކް އަދި ހާދިސާތަކުގައި އަމަލީ ގޮތުން ބައިވެރިވުން |
||||||||
މަޤާމުގެ ޝަރުތު |
1. ލިޔަން ކިޔަން އެގުން، ނުވަތަ 2. މަގާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސް/ ހުއްދައެއް ހާސިލްކޮށްފައިވުން |
||||||||
ހުށަހަޅަންޖެހޭ ލިޔުންތައް |
1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ،މުއްދަތު ހަމަނުވާ،ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް،ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ،މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ،މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަން ނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ،ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދިމަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް)އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުންދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަންބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ.)
|
||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ [email protected] އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ،އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ. |
||||||||
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||||||
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2025 ނޮވެމްބަރ 04 އާއި 2025 ނޮވެމްބަރ 18 އާ ދެމެދު، ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައެވެ. |
||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ. |
||||||||
މަޢުލޫމާތު ސާފުކުރުން |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ. އީ-މެއިލްކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |