ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)492-MB/492/2025/158
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 15:36
ސުންގަޑި: 29 އޮކްޓޫބަރު 2025 14:00
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ވަރަ އެކްސްޕޯ 2025 ގައި މިވުޒާރާގެ ސްޓޯލްގައި ދަނޑުވެރިކަމުގައި އަގުއެއްކުރި ތަކެތި ދައްކާލުން

 

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށް ނޮވެންބަރު 6 އަކުން ނޮވެންބަރު 8 އަށް ބާއްވާ ވަރަ އެކްސްޕޯ 2025 ގައި މި ވުޒާރާއިން ބައިވެރިވުމަށް ނިންމާފައިވާ ކަން ދަންނަވަމެވެ. އެގޮތުން މިވުޒާރައިގެ ސްޓޯލްގައި ހިންގާ އެކި ކަންތައްތަކުގެ ތެރޭގައި ދަނޑުވެރިކަމުގައި އަގުއެއްކުރި ތަކެތި ((value added products ދައްކާލުމަށްވަނީ ހަމަޖެހިފައެވެ. ވީމާ  މިވުޒާރައިގެ ސްޓޯލަގައި މިފަދަ ތަކެތި ދައްކާލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 އޮކްޓޫބަރު 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް ބޭނުންކޮށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ.  

 

ރެޖިސްޓްރޭޝަން ލިންކް:  https://forms.office.com/r/MSaz32fF7i

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި މަޢުލޫމާތު ސާފުކުރެއްވުމަށް، މިވުޒާރާގެ ނަންބަރު 3309309 އަށް ގުޅުއްވުން އެދެމެވެ.

23 އޮކްޓޫބަރު 2025