ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)449/449/2025/87
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 29 އޮކްޓޫބަރު 2025 13:30
މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

 މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު

J-235133

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް 3

ޑިވިޝަން/ ސެކްޝަން

ކޯޕަރޭޓް އެފެއަރޒް ޑިވިޝަން / އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯރޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވިއަން ބްލަޑް ސަރވިސަސް، އޮރެންޖްހިޔާ، ކ. ހުޅުމާލެ

މުސާރަ

-/ 4465 ރުފިޔާ

ސަރވިސް އެލަވެންސް:

-/ 1500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ހެލްތް ޑިޔުޓީ އެލަވެންސް: އަސާސީ މުސާރައިގެ %35
  2. ސަޕޯރޓިންގ ކޯ އެލަވަންސް -/700 ރުފިޔާ
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކޮންމެ ދުވަހަކު، މިސާރވިސަސް އަށް ލިބޭ ލިޔެކިޔުންތައް އެންޓްރީކޮށް، ރައްކާތެރިކަމާއެކު ބަލަހަށްޓައި، އިދާރާގެ އިސް ވެރިޔާގެ ލަފާ ހޯދުމަށް ފަހު، އަޅަންޖެހޭ ފިޔަވަޅުތައް އެޅޭތޯ ބެލުމާއި، ފޮނުވަންޖެހޭ ލިޔެކިޔުންތައް ޑްރާފްޓްކޮށް، ހުއްދަ އަދި ސޮއި ހޯދުމަށްފަހު އިދާރާތަކާއި، އެތެރޭގެ ޑިޕާރޓްމަންޓް / ސެކްޝަންތަކާއި، މުވައްޒަފުންނަށް ފޮނުވުމާއި، އެންމެހައި ލިޔެކިޔުންތައް ތަރުތީބުން ފައިލްކޮށް، ޤަވާޢިދާއި އުސޫލުތަކާއެއްގޮތަށް  ބެލެހެއްޓުމުގެ މަސައްކަތް ކުރުމާއި އަދި އެހީތެރިވެދިނުން.
  2. އަހަރީ ރިޕޯޓްއަށް ބޭނުންވާ، އެންމެހައި މަޢުލޫމާތު ލިޔުމުން ހޯދައި ތައްޔާރުކުރުމާއި، އިދާރާގެ ޚަރަދުތަކާއި، ކުރެވޭ މަސައްކަތުގެ މައުލޫމާތު ހިމެނޭ އެނުއަލް ސްޓެޓިސްޓިކްސް ކޮންމެ މަހަކު ހޯދައި ތައްޔާރު ކުރުން އަދި މަހުގެ ރިޕޯރޓް ކޮންމެ މަހަކު އަދާ ހަމަކުރުމާއި އަދާހަމަ ކުރުމުގައި އެހީތެރިވުން.
  3. އިދާރާގެ އަހަރީ ބަޖެޓާ ގުޅޭގޮތުން، ހުރިހާ ޑިޕާރޓްމަންޓް ތަކުން އަންދާޒާ ބަޖެޓް ހެދުމުގެ މަސައްކަތުގައި އެހީތެރިވުމާއި، އިންވެންޓްރީ އަދި ސަޕްލައިގެ މަސައްކަތްތަކާ ގުޅޭ ރިޕޯރޓް ފޮނުވުމުގެ މަސައްކަތުގައި އެހީތެރިވެދީ މާލިއްޔަތު ޤާނޫނާއި ޤަވާޢިދުތަކާއި، ސާރކިއުލާތަކާއެއްގޮތަށް އަދި އިރުޝާދާ އެއްގޮތަށް މި މަސައްކަތް ކުރުމާއި އެހީތެރިވެދިނުން.
  4. މި ސާރވިސަސްއިން ބާއްވާ އެންމެހައި ބައްދަލުވުންތަކާއި އަދި ކޮމިޓީތަކުގެ ސެކެޓްރިއޭޓް މަސައްކަތްތުގައި އެހީތެރިވެދިނުމާއި، އަދި ޑްރާފްޓް ޔައުމިއްޔާ އަދި ރިޕޯރޓް ނިންމުމުގެ މަސައްކަތުގައި އެހީތެރި ވެދިނުން.
  5. ޑިއުޓީ ތާވަލާއި، އަންނަ މެސެޖް އަދި ފޯންކޯލްތައް ލޮގް ކުރުމާއި، ޔައުމިއްޔާ ނިންމުމާއި، ލޮޖިސްޓިކަލް ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކޮންމެ ދުވަހަކު ފުރިހަމަކުރުން އަދި ސުޕަވައިޒަރަށް އަދާހަމަ ދިނުން.
  6. އިދާރާގެ އޮޕަރޭޓިންގ ލައިސަންސާއި، ޚިދުމަތާ ގުޅޭ ހުއްދަތަކާއި، ސާރވިސް ލިސްޓް އަދާހަމަ ކުރުމާއި، ޞިއްހީ ޚިދުމަތްތެރިންނަށް ބޭނުންވާ އެކިއެކި ހުއްދަތައް މުއްދަތު ހަމަވޭތޯ ބެލުމާއި އައު ކުރުމުގެ މަސައްކަތް ކުރުމާއި، އަދި ބޭނުންކުރާ އެޑްމިނިސްޓްރޭޓިވް އެސް.އޯ.ޕީތައް ޑްރާފްޓް ތައްޔާރު ކުރުމުގައި އެހީތެރިވުން.
  7. ޓްރެއިނިންގ، ވޯކްޝޮޕް އަދި ސެމިނާރތަކުގައި ބައިވެރިކުރަން ނިންމާ މުވައްޒަފުންގެ ކަންކަމުގައި ދޭންޖެހޭ އިދާރީ އެހީތެރިކަން ދިނުމާއި، ރެކޯޑްތައް ފުރިހަމަ އިންތިޒާމެއް ހަމަޖައްސައިގެން މައުލޫމާތު އެއްކޮށް ބެލެހެއްޓުމުގައި އެހީތެރިވުން.
  8. ކޮންމެ އަހަރެއް ފެށުމުން އަދި އޭގެ ފަހުންވެސް އެ އަހަރަކަށް ބޭނުންވާ ލިޔެކިޔުން އިންތިޒާމު ކުރުމަށްޓަކައި، ލިޔެކިޔުން ރައްކާކުރާ ފައިލްތަކާއި އަދި ސާރވާރ ފޯލްޑަރތައް ތައްޔާރުކޮށް، އީ-މެއިލްތައް ޗެކުކޮށް، މުވައްޒަފުންނަށް ލިޔުމުން އެންގުމާއި އަދި އެންމެހައި ލިޔެކިޔުމުގެ ކޮންމެ މަހަކު ބެކްއަޕް ނެގުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވުން.
  9. މި ސަރވިސަސްއިން ދުވަހުން ދުވަހަށް އާންމުކޮށް އަންގަން ޖެހޭ އިޢުލާންތައް އޮންނަ އުސޫލާއި އަދި އިރުޝާދާ އެއްގޮތަށް ހުއްދަ ލިބިގެން ކުރުމާއި އަދި މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް އަންގައި ލިޔުމުން ސޮއި ހޯދުން.
  10. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިޔަށްގެންދާ ޙާއްސަ ދުވަސްތައް ފާހަގަ ކުރުމާއި، ބްލަޑް ޑޮނޭޝަން ކޭމްޕްތަކާއި، އެޑްވޮކަސީ އިވެންޓް ތަކާއި އަދި އެފަދަ އެހެނިހެން ހަރަކާތްތަކުގައި، ބައިވެރިވުމުގެ އިންތިޒާމު ހަމަޖެއްސުމުގައި އެހީތެރިވުމާއި، އަމަލީ ގޮތުންވެސް ބައިވެރިވެ ގިނަ ވަގުތު ހޭދަކުރުން.
  11. މި ސާރވިސްއިން ޚިދުމަތް ހޯދާ އާންމު ރައްޔިތުންނާއި، ބަލި މީހުންނާއި އަދި އެހެނިހެން ފަރާތްތަކުން ކުރާ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ޖަވާބު ދިނުމަށްޓަކައި، އިސް ސުޕަވައިޒަރުންނާ މަޝްވަރާކޮށްގެން ޖަވާބު ހޯދުމަށްފަހު  ހުއްދަ ހޯދުމާއި އެކު، އެޖަވާބު އާއްމު ކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
  12. ސިއްޚީ އެމަރޖަންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
  13. މޯލްޑިވިއަން ބަލްޑް ސާރވިސަސް އިން ހަވާލުކުރާ ކަމާ ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ވަގުތައް ފުރިހަމަ ކުރުން އަދި ބަދަލުގައި ޑިރެކްޓަރ ޖެނެރަލްގެ ސެކެޓްރިއޭޓް ބެލެހެއްޓުން.

 

 

މަޤާމުގެ ޝަރުތުތައް

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިންދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލްކޮށްފައިވުމާއިއެކު 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިންދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް: ނެތް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

މަޤާމުގެ ކޯ ޑިސިޕްލިން: ނެތް

މާޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން  

މެނޭޖްމެންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ޖީ.އެސް.3 އަދި ޖީ.އެސް. 4 ގެ އޮފިސަރ ކްލެސިފިކޭޝަންގެ ކްރައިޓީރިއާ

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު 

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 29 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހު 13:30 ގެ ކުރިން [email protected]   އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި        އިމްތިޙާނުއޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އަދި އެސެސްމަންޓް އޮންނާނީ، ނޮވެމްބަރ މަހުގެ ތެރޭގައި  މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected] އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3350155 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

23 އޮކްޓޫބަރު 2025