ދިވެހިރާއްޖެ
އިޢުލާން
ޕްރީ ސްކޫލް ޓީޗަރުން ހޯދުމަށް:
މަޤާމް: |
ޕްރީ ސްކޫލް ޓީޗަރ |
|||
ބޭނުންވާ އަދަދު: |
6 (ހައެއް) |
|||
ވަޒީފާ އޮތް އޮފީސް: |
ދ. އަތޮޅު ތަޢުލީމީ މަރުކަޒު |
|||
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް (އެއް އަހަރު ދުވަހު ދުވަސް) |
|||
ވަޒީފާ އަދާކުރާ ސެންޝަނާއި ތަން: |
ދ. އަތޮޅު ތަޢުލީމީ މަރުކަޒު، ދ. ކުޑަހުވަދޫ |
|||
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: - އެލް. ކޭ. ޖީ. އާއި، ޔޫ. ކޭ. ޖީ. ގެ ކުލާސްތަކުގެ ދަރިވަރުންނަށް، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން. - ދަރިވަރުންނަށް ހިންގޭ އިތުރު ހަރަކާތްތަކުގައި ބައިވެރިވެ، ދަރިވަރުންނަށް ކާމިޔާބީ ހޯދައިދިނުމަށް މަސައްކަތްކުރުން. - ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން. - މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތްކުރުން. |
||||
މަޤާމުގެ މަޢުލޫމާތު: |
||||
މަޤާމް |
ރޭންކް |
ކުލެސިފިކޭޝަން |
ޝަރުތު |
މަޤާމުގެ އަސާސީ މުސާރަ |
ޓްރެއިންޑް ޓީޗަރ |
GS4 |
ޓީޗިންގ ސަރވިސް އޮފިސަރ 1 |
- ޕްރީސްކޫލް ޓީޗިންގގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
-/5020 |
MS1 |
ޓީޗިންގ ސަރވިސް އޮފިސަރ 2 |
- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
-/5610 |
|
ގްރެޖުއޭޓް ޓީޗަރ |
MS2 |
ޓީޗިންގ ސަރވިސް އޮފިސަރ 3 |
ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
-/6295 |
ކޮލިފައިޑް ޓީޗަރ |
MS3 |
ޓީޗިންގ ސަރވިސް އޮފިސަރ 4 |
- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ، - ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ، - ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
-/7035 |
ކޮލިފައިޑް ޓީޗަރ |
MS4 |
ޓީޗިންގ ސަރވިސް އޮފިސަރ 5 |
- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ އިތުރު ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު (ލެވެލް 7 ގެ ސަނަދެއްނެތި)، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ މަޤާމުގެ ޝަތުރު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެފައިވުން. |
-/7875 |
ކޮލިފައިޑް ޓީޗަރ |
EX1 |
ޓީޗިންގ ސަރވިސް އޮފިސަރ 6 |
- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް އަދި ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
-/8835 |
ކޮލިފައިޑް ޓީޗަރ |
EX2 |
ޓީޗިންގ ސަރވިސް އޮފިސަރ 7 |
- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. - ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
-/9890 |
ސީނިއަރ ޓީޗަރ |
EX3 |
ޓީޗިންގ ސަރވިސް އޮފިސަރ 8 |
ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
-/11065 |
ސީނިއަރ ޓީޗަރ |
EX4 |
ޓީޗިންގ ސަރވިސް އޮފިސަރ 9 |
- ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
-/12400 |
ސީނިއަރ ޓީޗަރ |
EX5 |
ޓީޗިންގ ސަރވިސް އޮފިސަރ 10 |
- ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
-/13890 |
ސީނިއަރ ޓީޗަރ |
EX6 |
ޓީޗިންގ ސަރވިސް އޮފިސަރ 11 |
- ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
-/15560 |
- ކިޔަވައިދިނުމުގެ ދާއިރާކަމަށް ބެލެވޭނީ، ޕްރީސްކޫލް ޓީޗިންގ ހަދާފައިވާ ފަރާތްތަކެވެ. - މަތީގައިވާ ޝަރުޠުތައް ހަމަވާ ޓީޗަރުން ނުލިބިއްޖެނަމަ އިދާރީ މަޤާމުތަކުގެ އޮނިގަނޑުގެ ވަޒީފާއަށް މީހުން ޢައްޔަންކުރުމުގައި، ޖީ. އެސް. 3 ގެ ޝަރުޠު ހަމަވާ ނުވަތަ ޖީ. އެސް. 4 ޝަރުޠު ހަމަވާ ފަރާތްތައް ގުނޭނެއެވެ. |
||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: - ފާއިތުވި އަހަރުތަކުގައި ޕްރީސްކޫލް ޓީޗަރެއްގެގޮތުގައި އުޅެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. - ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު. - މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު. - މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް. އިންޓަވިއު ކުރުން: ހ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2015 ނޮވެންބަރު 7 ވާ ހޮނިހިރު ދުވަހު ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. ހުށަހަޅަންޖެހޭ ލިޔުންތައް: ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި މަރުކަޒުގެ އިދާރާއިން މި ފޯމު ލިބެން ހުންނާނެއެވެ.) ށ. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރުބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. ބ. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) މަޤާމަށް އެދެންވީގޮތާއި ސުންގަޑި: - ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިދާރާއަށެވެ. - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ނޮވެންބަރު 4 ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:30 އެވެ. ނޯޓް: މި އިޢުލަނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައްކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސްލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މަރުކަޒުގެ 7952914 ނަންބަރު ފޯނަށް ނުވަތަ މި މަރުކަޒުގެ ޕްރިންސިޕަލުގެ 7909846 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
9 މުޙައްރަމް 1437