މަސައްކަތް
ނަންބަރު: MNU-CA-PAMD/2025/131
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި:
04 ނޮވެންބަރު 2025 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ މާރކެޓިންގ ޑިޕާޓްމަންޓަށް ބޭނުންވާ ޓެންޓް އަދި ދިދަ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ މާރކެޓިންގ ޑިޕާޓްމަންޓަށް ބޭނުންވާ ޓެންޓް އަދި ދިދަ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
- މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
- ބީލަން ހުށަހެޅުން އޮންނާނީ 04 ނޮވެންބަރ 2025 ވަނަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
- ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ.
|
މަސައްކަތާ ގުޅޭ މަޢުލޫމާތެއްނަމަ: |
ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނަމަ؛ |
|
މާރކެޓިންގ ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: 3345147 އީ-މެއިލް: [email protected] |
ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: 9, 3345110, 3345148334510، 3345111 އީ-މެއިލް: [email protected] |
22 އޮކްޓޫބަރު 2025