ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-ENV/88/2025/579
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 10:20
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މޯލްޑިވްސް ޕްރޮޓެކްޓެޑް އެންޑް ކޮންޒާވްޑް އޭރިއާސް ފޯރަމް 2026ގެ ޕާޓްނަރ އަކަށްވުމަށް ޝައުގުވެރިކަން ހުށަހެޅުމުގެ ދަޢުވަތު

ދިވެހި ސަރުކާރުގެ ފަރާތުން ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން 2026 ފެބުރުއަރީ 3 އިން 5 އަށް 'މޯލްޑިވްސް ޕްރޮޓެކްޓެޑް އެންޑް ކޮންޒާވްޑް އޭރިއާސް ފޯރަމް 2026' ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި ފޯރަމަކީ ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގައި އެކި ގޮތްގޮތުން މަސައްކަތްކުރާ ފަރާތްތަކާއި ދުނިޔޭގެ އެކި ގައުމުތަކުގައި މި މަސައްކަތް ކުރާ ފަރާތްތައް އެއްތަނަކަށް އެއްވެ، ޚިޔާލުބަދަލުކޮށް، އެކި މަޢުލޫތަކަށް މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ. މިގޮތުން މި ފޯރަމްގެ ޕާޓްނަރއަކަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލައި ޝައުގުވެރިކަން ހުށަހެޅުމުގެ ދައުވަތު އަރުވަމެވެ. 

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، 28 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ ލިންކުގައިވާ ފޯމް ފުރިހަމަކުރުން އެދެމެވެ. 

ފޯމް: https://forms.office.com/r/ci2m58yDXQ

 

އިތުރު މަޢުލޫމާތު ސާފުކުރުން

މި ފޯރަމްއާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ، 26 އޮކްޓޯބަރ 2025 ވާ އާދިއްޔަ ދުވަހު 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި އިޢުލާނުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް: [email protected]

22 އޮކްޓޫބަރު 2025