ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)280/INDIV/2025/32
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 09:03
ސުންގަޑި:
09 ނޮވެންބަރު 2025 14:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026 ވަނަ އަހަރު ޅައިމަގު ޕްރީސްކޫލަށް ކުދިން ވެއްދުން
2026 ވަނަ އަހަރު ޅައިމަގު ޕްރީސްކޫލަށް ކުދިންވެއްދުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފީމެވެ. ޕްރީސްކޫލަށް ކުދިންވައްދާ އުމުރުފުރާތައް ތިރީގައި މިވަނީއެވެ.
- ނާސަރީއަށް ވަދެވޭނީ 2025 ޑިސެންބަރު 31 އަށް އުމުރުން 3 އަހަރުފުރި 4 އަހަރު ނުފުރޭ ކުދިން
- ބޭބީ ނާސަރީއަށް ވަދެވޭނީ 2025 ޑިސެންބަރު 31 އަށް އުމުރުން 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން
އެހެންނަމަވެސް 2026 މާރިޗް 31 ގެ ނިޔަލަށް 2 އަހަރު ފުރޭ ކުދިންނަށްވެސް ސްކޫލް އަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ، އެކުއްޖަކަށް ދެވޭނެއެވެ.
ވީމާ، 2026 ވަނަ އަހަރު ޅައިމަގު ޕްރީސްކޫލަށް ކުދިން ވައްދަން ބޭނުންފުޅުވާ ފަރާތްތަކުން ސްކޫލަށް ވައްދަން އެދޭ ފޯމް ފުރުއްވައި 09 ނޮވެންބަރ 2025 ގެ 14:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް މިޢިދާރާގެ ކައުންޓަރ އިން ލިބެންހުންނާނެއެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 އޮކްޓޫބަރު 2025