ދިވެހިރާއްޖެ
މި ކައުންސިލާއި، މ. އަތޮޅު ކައުންސިލް ގުޅިގެން މި ރަށުގައި ބިނާކުރާ "ހަތަރު ކޮޓަރީގެ އެކޮމަޑޭޝަން ބްލޮކް" ގެ އެންމެހާ މަސައްކަތް ކުރެހުމާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ރަޖިސްޓަރީ ކުރުން.
ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން 26 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑު ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ([email protected]) އަށް މެއިލް ކުރެއްވުން ނުވަތަ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބިޑް ރަޖިސްޓުރޭޝަން ފޯމް ހުށައަޅުއްވާ ފަރާތްތަކައް މިމަސައްކަތާއިބެހޭ އެންމެހައި ލިޔެކިއުންތައް، ސޮފްޓްކޮޕީ މެއިލް ކުރެވޭނެއެވެ.
ބިޑު ހުށަހެޅުމާއި، ހުޅުވުން.
ބިޑު ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 04 ނޮވެމްބަރ 2025 ވަނަ ދުވަހު 13:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ފުރިހަމަނުވާ ބިޑުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބިޑުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ، މ. ނާލާފުށި، ދިވެހިރާއްޖެ
ފޯން: 6720034
އީމެއިލް: [email protected]
ވިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.