ދިވެހިރާއްޖެ
ނަންބަރ: MTCC-HRD/IU/2025/565
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މިކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ޕްރޮޖެކްޓްތަކުގެ މަޤާމްތަކަށް، ދުވަހު މުސާރައަށް "ކޮމްޕްލީޝަން އޮފް 3 ކްލާސްރޫމް އެޓް ހއ. މޮޅަދޫ ސްކޫލް ޕްރޮޖެކްޓް" ގެ މަސައްކަތްކުރާނެ ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
|
# |
މަޤާމް |
ބޭނުންވާ އަދަދު |
ޝަރުތު |
މުސާރަ (ދުވާލަކު) |
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : |
|
2 |
ކާޕެންޓަރ |
1 |
|
420 ރ |
ސައިޓުން އަންގާ ގޮތެއްގެ މަތިން ކާޕެންޓްރީގެ އެންމެހައި މަސައްކަތެއްކުރުން. |
ވަޒީފާގެބާވަތް: ކޮންޓްރެކްޓް – 3 މަސްދުވަސް
ޑިވިޜަން: ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަން
މަސައްކަތް ކުރަންޖެހޭ ތަން: ހއ. މޮޅަދޫ ސްކޫލް ޕްރޮޖެކްޓް ސައިޓުގައި
ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 25 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ކުރިންއެޕްލިކޭޝަން ހުށައެޅުއްވުން އެދެމެވެ. މިމަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 2025 އޮކްޓޯބަރ 26 އިން 2025 ނޮވެމްބަރ 25 އާ ދެމެދު ކުރިއަށް ގެންދެވޭނެއެވެ.
ޖޮބް އެޕްލިކޭޝަން ޕޯޓަލް: https://mtcc.mv/careers/
ފޯން: 1650
ނޯޓް:
- މަޤާމަށް ހޮވޭނީ އިންޓަވިއު އިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
- އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.