ދިވެހިރާއްޖެ
IUL:E2/IL/2025/22
ސެކިއުރިޓީ ގާރޑް (6*)
މަޤާމުގެ ޝަރުޠު:
ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔަންކިޔަން އެންގުން
- އުމުރުން 25 އަހަރާއި 40 އަހަރާއި ދެމެދު މީހެއް ކމުގައިވުން
މަޤާމުގެ ގިންތި:
- ކޮންޓްރެކްޓް (1 އަހަރު)
މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
- އެކަނި މަސައްކަތް ކުރެވޭފަދަ މީހެއްކަމުގައިވުން.
- މަޤާމުގައި ކުރަންޖެހޭ މަސައްކަތައް ކުރެވޭވަރުގެ ސިއްހަތެއް ލިބިފފައިވާ މީހަކު ކަމުގައިވުން.
- ގިނަވަގުތުގައި މަސައްކަތްކުރެވޭ މީހެއް ކަމުގައިވުން.
އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:
- ގަމުގެ އެންމެހައި ސަރަހައްދާއި އިމާރާއްތަކާއި ވެހިކަލްތަކާއި ގަސްގަހާގެހި އެހެނިހެންވެސް ތަކެއްޗަށް ބަޔަކު ގެއްލުމެއް ދީފާނެކަމަށް ބަލައި ފަރުވާތެރިވެހުރުން.
- އެއްވެސް މުދަލެއް ވަގަށް ގެންދިއުން ނުވަތަ އެއްޗަކަށް ގެއްލުމެއް ދީފާނެކަމަށް ފެނިއްޖެނަމަ އިސްފަރާތްތަކަށް އެންގުން.
- އެޑްމިން އޮފީހުގެ ދިދަ ނެގުމާ ދިދަ ބޭލުން.
- ރަށުތެރެ ޕެޓްރޯލް ކުރުން (ޕެޓްރޯލް ކުރަން ހަމަޖެހިފައިވާ އުސޫލުން ގަޑިއަކު އެއްފަހަރު ޕެޓްރޯލް ކުރުމަށްފަހު ޑިއުޓީ ސަރަހައްދަށް އެނބުރި ދިއުން)
- ބަލަހައްޓާ އިމާރާތާއި ގޯތި ތެރޭގައިވާ ދިއްލުންތައް، ހަމަޖެހިފައި އޮންނަ އުޞޫލުން ދިއްލައި ނިއްވުން
- ތަނުގައި ދިމާވާ މައްސަލަތައް ޤަވާއިދުން ހިނދުން ހިނދަށް، ކަމާބެހޭ ވެރިންނަށް ރިޕޯޓްކުރުން.
- ސަލާމްބުނާ މުވައްޒަފުންނާއި، ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާގޮތެއްގެމަތިން ކުރުން.
- ޗެކް ޕޯސްޓް ތަކުގެ ބެލުމުގެ ދަށުގައިވާ ތަންތަން ހުޅުވައި ލެއްޕުން (ކަނޑައެޅިފައިވާ ގޮތަށް ދަނޑި ތިރިކޮށް އެރުވުން)
- ވަޒީފާއާއި ގުޅިގެން އަދާ ކުރަން ޖެހޭ މަސައްކަތްތަށް ކުރުމާއި ވެރިން އަންގާ އެންގުންތަކަށް ކިޔަމަންގަތުން.
މުސާރަ އާއި އިނާޔަތްތައް:
- މުސާރަ: 5,000/- ރުފިޔާ
- ސާވިސް އެލަވަންސް 3,450/- ރުފިޔާ
- އަދި ހަމަ ޖެހިފައިވާ އުސޫލުން އެހެނިހެން އެލަވަންސްތައް ދެވޭނެ.
މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 04 ނޮވެންބަރު 2025 ވާ އަނަގާރަ ދުވަހުގެ 14:00ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، އަދި ކުށުގެ ރިކޯޑް ފޯމް ، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ( ވަޒީފާ އަށް އެދޭ ފޯމް އަދި ކުށުގެ ރެކޯޑް ފޯމް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައި) އޮންލައިންކޮށް ވަޒީފާއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން https://jobs.ganairport.com/ ބަޔާން ކުރެވިފައިވާ ލިންކް މެދުވެރިކޮށް އެޕްލައި ކުރެއްވުން އެދެމެވެ.
ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.