ދިވެހިރާއްޖެ
ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ޕެސްޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، އަމިއްލަތަކެއްޗާއި ވަޞީލަތް ބޭނުންކޮށްގެން މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓު ނުވަތަ މިޑިޕާޓްމަންޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް/ ދުވަސް |
ގަޑި |
ޙާޟިރުވާންޖެހޭ ތަން |
|
މަޢުލޫމާތު ސާފުކުރުން |
26 އޮކްޓޯބަރ 2025 (އާދިއްތަ) |
10:00 |
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން |
|
ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓު |
|||
|
އަންދާސީ ހިސާބު ހުށަހެޅުން |
05 ނޮވެމްބަރ 2025 (ބުދަ) |
11:00 |
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން |
މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހު ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓު ނުވަތަ މިޑިޕާޓްމަންޓަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ސައިޓު ބެލުމަށް ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވުމަށް ހުޅުވާލާފައިވާ މުއްދަތަކީ 26 އޮކްޓޯބަރ 2025 އިން 04 ނޮވެމްބަރ 2025 އެވެ. ވީމާ، މުއްދަތުގައި ސައިޓު ބެލުމަށްފަހު 05 ނޮވެމްބަރ 2025 ގައި މި ޑިޕާޓްމަންޓަށް ޙާޟިރުވެ ބީލަން ހުށަހެޅުމަށް ދަންނަވަމެވެ. ހަމަޖެހިފައިވާ ގަޑިޖެހުމަށްފަހު، ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
މި އިޢުލާނާއެކު ގެޒެޓުގައި އާއްމުމަޢުލޫމާތު ޝީޓު ޝާޢިއުކުރެވިފައިވާތީ، މަޢުލޫމާތަށް ހާޟިރުވާފަރާތްތަކަށް އެ މަޢުލޫމާތު ކަރުދާހުގެ އިތުރުކޮޕީއެއް ޕްރިންޓްކޮށްފައި ނުދެވޭނެއެވެ.
މިހެންވެ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.